އަހުމަދު ޔާމިން   16 އޮކްޓޯބަރު 2020 - 23:41
ޕްލެޓިނަމް ކާޑުގެ ރަމްޒީ ކާޑް ރައީސް ޔާމީންގެ ދަރިކަލުން ޒައިން އަބްދުﷲ ޔާމީނާ ޙަވާލުކުރަނީ
ޕްލެޓިނަމް ކާޑުގެ ރަމްޒީ ކާޑް ރައީސް ޔާމީންގެ ދަރިކަލުން ޒައިން އަބްދުﷲ ޔާމީނާ ޙަވާލުކުރަނީ
އިދިކޮޅު ޕީޕީއެމުން އެޕާޓީގެ މެމްބަރުންނަށް އަމާޒުކޮށްގެން ލޯޔަލްޓީ ކާޑެއް ތަޢާރަފް ކޮށްފިއެވެ.

ޕީޕީއެމްގެ ލޯޔަލްޓީ ކާޑު އިފްތިތާހު ކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ކާޑުތަކުގެ ތެރެއިން ޕްލެޓިނަމް ކާޑުގެ ރަމްޒީ ކާޑް ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ވަނީ އަރުވާފައެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން މިކާޑާއި ހަވާލުވެ ވަޑައިގެންނެވީ އެމަނިކުފާނުގެ ދަރިކަލުން ޒައިން އަބްދުﷲ ޔާމީންއެވެ.

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ލޯޔަލްޓީ ކާޑެއް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ. ޕީޕީއެމް އިން ތަޢާރަފްކުރި ލޯޔަލްޓީ ކާޑުގެ ތެރެއިން މެޖެންޑާ ކާޑަކީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އަމާޒުކޮށްގެން ތަޢާރަފް ކުރެވިފައިވާ ކާޑެވެ. މީގެ އިތުރުން ސިލްވާ، ގޯލްޑް، ޕްލެޓިނަމް ކާޑަކީ ވިޔަފާރި ވެރިންނާއި، ޕާޓީއަށް ހެޔޮއެދޭ ފުދުންތެރި ފަރާތްތަކަށް ޚާއްސަކުރެވިގެން ތަޢާރަފް ކުރެވިފައިވާ ކާޑެއް ކަމަށް ޕީޕީއެމުން މަޢުލޫމާތު ދެއެވެ.

ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެތައްހާސް ބަޔަކު މިއަދުވެސް ޕާޓީއަށް ހެޔޮއެދި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަމަށާއި، މިއީ ޕާޓީ ކުރިއަށް ގެންދިއުމަށްޓަކައި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބް ކާމިޔާބް ކުރުމަށް ލިބިގެންދާ އިތުރު ހިއްވަރެއްކަމަށެވެ. އަދި ޕްރޮގްރޮސިވް ކޯލިޝަނުން ކުރިއަށް އޮތްތަނުގައި ޕާޓީއަށް މަންފާ ލިބޭނެ ގިނަ މަސައްކަތްތަކެއް ފެއްޓުމަށް ހަމަޖެހިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޕާޓީގެ ކާޑު ބައްލަވައިގެންނެވި ބައެއް ފަރާތްތަކަށް ކާޑުވަނީ ހަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން