ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް (ކ). އާއި ރައީސް ޞާލިޙް (ވ).
ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް (ކ). އާއި ރައީސް ޞާލިޙް (ވ).
ރައީސް ޔާމީނަށްވެސް ވާދަކުރެވޭ ގޮތަށް އަވަސް އިންތިޚާބެއް ބޭއްވުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފި އެވެ.

އިދިކޮޅު ޕީޕީއެމުން "ލޯޔަލްޓީ ކާޑު" އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި މިއަދު ރައްޔިތުން އެދޭފަދަ ވެރިކަމެއް ކުރެވެމުންނުދާތީއާއި، މިނިވަންކަމާއި ސިދާތު ގެއްލިގެންދިއުމުގެ ބިރުބޮޑުވެފައިވާތީ އަވަސް އިންތިޚާބެއްގެ މުހިންމުކަން ނުހަނު ބޮޑުވެފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ، މިއަދު ރާއްޖޭގައި ވެރިކަން ކުރަމުންދަނީ ރައްޔިތުންގެ ވިންދާ އިހުސާސްތަކާއި ދިމާ އިދިކޮޅަށް ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، ޒަރޫރީ ކަންކަން ފުއްދުމަށް ބޭނުންވާ ތަކެތިވެސް މިއަދު ޔަގީން ނުކުރެވި އެތައް ރައްޔިތުން މަގުމަތިވެފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން ވެރިކަމާއި ހަވާލުވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވައުދުވެސް ނުފުއްދައި ރައްޔިތުންގެ އުންމީދުތައްވެސް ހާސިލްކޮށްދިނުމަށް ނުކުޅެދިފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މިއަދު ނެތް ގައުމަށް ހެޔޮއެދޭ އެއްވެސް ސިޔާސީ ލީޑަރެއް. މިޤައުމަށް ހެޔޮއެދިގެން، ރައްޔިތުންނަށް ހެޔޮއެދިގެން، ކަމެއްކޮށްދިނީ ރައީސް ޔާމީން. އަޅުގަނޑު ސަރުކާރަށް، ރައީސް ޞާލިހަށް ގޮވާލަން އަވަސް އިންތިހާބެއް ބާއްވައި ދިނުމަށް. ރައީސް ޔާމީންވެސް ބައިވެރިވެވޭގޮތަށް އަވަސް އިންތިޚާބަކަށް އަޅުގަނޑުމެން ގޮވާލަން." އަދުރޭ ވިދާޅުވިއެވެ.

މިއަދު ވެރިކަން ކުރައްވާ ފަރާތުން ޤާނޫނާއި ޚިލާފަށް ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ދެމުންގެންދާ އަނިޔާތަކަށް އިންސާފު ޤާއިމްކުރެވޭނެ ދުވަހެއް އަންނާނެކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް އަނިޔާ ދެނީ ސީދާ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިހާއި ރައީސް ނަޝީދު އިސްވެ ތިއްބަވައިގެންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


10

އަލިމަނިކު ޅޮހި

17-Oct-2020

ކޮސް ނުގޮވާ މަޑުން ހުރޭ އަދުރޭ ކަލޭ ގެ އަމިއްލަ މުދާގަންޑެއްތަ މިރާޖެ މީ ކޮންކަހަލަ ހަމަ ނުޖެހޭ ވާހަކައެއްތަ މީނަ މި ދައްކަނީ ގުރައިދޫ އައް ގެންދޭ


2

އާފިޔާ ގަލޮޅު

17-Oct-2020

ބޮޑެތި ކުއްވެރިންނައް ވާދަ ކުރަން އިންތިހާބު ބޭޢވޭތަ ހަމަ ގޮވާލާއިރައް ކޮސްނުގޮވާ


2

އަލިފުޅު ތކަންދޫ

17-Oct-2020

ބޮޑު ވަގެއް ޖަލުން މިނިވަން ކޮއް ހިންތިހާބެއް ބާއވާކައް ގާނޫނު ތަނެއް ނުދޭ


9

ސަދޫމުހާނާ

17-Oct-2020

އަދުރޭ ތުރުތުރު އަޅާ ބިރުން އުޅޭނަމަ ކިޔާނީ މިސަރުކާރަށް ސަނާނޫންތޯއެވެ. މިސަރުކާރަށް ފާޅުކަންބޮޑުކޮށް ފާޑުވިދާޅުވަނީ އަދުރޭއަކީ މައުސޫމު ބޭފުޅެއްކަން ކަށަވަރުވެ އަދި ޔަގީންކަންވެސް އޮތީމަ ކަމުގައި ދަންނަވަމެވެ. އަދުރޭ ގައިގެ އައްލެވޭނެ ކުޑަކުޑަ ކަމެއް އޮތްނަމަވެސް ހިންނަވަރު އިބްރާހީމް އަދުރޭ ކުޑަގޮޅިގައި ނުބާއްވާނެ ގޮތެއް ނެތެވެ.އަދުރޭގެ މައްސަލަ ބައްލަވަމުންގޮސް ހުކުމަކާއި ހަމަޔަށް ދިއުމުން ހުކުމްއިއްވުމުގެ ކުރިން ހުކުމް އޮންނާނެގޮތުގެ ރިހާސަލެއް ބާއްވަން ޖެހޭނެއެވެ. ނުބާއްވާނަމަ ފަޑިޔާރުގެ ސުލޫކީ މައްސަލައެއް 15 މިނިޓްތެރޭގައި ކުއްލިގޮތަކަށް ފާވާނެއެވެ. އެހިސާބުން ފަޑިޔާރު އިސްތިއުފާ ދެއްވަން ޖެހޭނެއެވެ. އޭގެ 10 މިނިޓް ފަހުން އެހެންނަމަވެސް ވިދާޅުވެ ހުކުމް ކުރައްވާ ފަޑިޔާރަކު އައްޔަންކޮށް 5އަހަރަށް ޖަލައްލުމަށާއި 5 މިލިއަން ޑޮލަރުން ޖުރިމަނާ ކޮށް 5 ދުވަސް ތެރޭ ޖުރުމަނާފައިސާ ދައްކާ ހަލާސްކުރާގޮތަށް ހުކުމް އިއްވައި މައްސަލަ ނިންމަވާނެއެވ.


-9

ހުސްނީ

17-Oct-2020

ޢަދުރޭ ބޭފުޅާ ތހިހުންނެވީ. ބިރުން ތުރުތުރު އަޅާވަރުން ދޫ ހިމޭނުންވެސް ނުބޭއްވޭ ވަރު ވެލައްވާފަތޯ. އަމިއްލަފުލައްވެސް ޖަލު ގޮޅި ކަށަވަރު ވާނީ ތޯ. ކެވުނުވަރު އެހާ ގިނައީތޯ.


-6

ހުސްނީ

17-Oct-2020

ޢަދުރޭ ބޭފުޅާ ތހިހުންނެވީ. ބިރުން ތުރުތުރު އަޅާވަރުން ދޫ ހިމޭނުންވެސް ނުބޭއްވޭ ވަރު ވެލައްވާފަތޯ. އަމިއްލަފުލައްވެސް ޖަލު ގޮޅި ކަށަވަރު ވާނީ ތޯ. ކެވުނުވަރު އެހާ ގިނައީތޯ.



ޓްރެންޑިން