ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންގެ ތެރެއިން ސިޔާސީ ގޮތުންނާއި އިލްމީ ގޮތުން އަޙްމަދު ނާޒިމާ އަޅާކިޔާލެވޭނެ ނުވަތަ "ކައިރިވެސް ކުރެވޭނެ" ފެންވަރުގެ އެކަކުވެސް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޒިމް ވަކިކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމި ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، ނާޒިމަކީ އޭނާ ތާއީދުކުރާ ބޭފުޅެއް ނޫންކަމަށެވެ. އެއީ ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ހިސާބުން ފެށިގެން ކަންތައްތައް ހިނގާފައިވާ ގޮތުން ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.
ނަމަވެސް، ޖަމީލް ވިދާޅުވީ ނާޒިމަކީ ސިޔާސީ ގޮތުންނާއި އިލްމީ ގޮތުން އެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންގެ ތެރެއިން އެކަކަށް ވެސް އަރާ ހަމަނުކުރެވޭނެ ފަދަ ގާބިލު ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ، މުއިއްޒުގެ ވެރިކަން ނިމެން ދާ ކަމަށާއި އެމަނިކުފާނަކީ ދައުރު ފުރިހަމަކުރާނެ ރައީސެއް ނޫން ކަމަށެވެ.
ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ފާސްކޮށްފައިވަނީ، އޭނާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަށްވާ ކަމުގެ ތުހުމަތުގައެވެ. މި ނިންމުން ނިންމިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޕީއެންސީގެ 40 އަށް ވުރެ ގިނަ މެންބަރުން ވަނީ ނާޒިމް ވަކިކުރުމުގެ ގަރާރުގައި ސޮއިކުރަށްވާފައެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅުމަށް މަދުވެގެން 24 މެންބަރުންގެ ސޮއި ބޭނުންވެއެވެ. އަދި އެ މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވާއިރު، ޕީއެންސީ ޕީޖީ ގުރޫޕޫންވެސް އޭނާ ވަނީ މިއަދު ބޭރުކޮށްލާފައެވެ.

ނާޒިމަކީ އަޅުގަނޑު ތާއީދު ކުރާ ބޭފުޅެއް ނޫން. އެއީ ރ. ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ހިސާބުން ފެށިގެން ކަންތައް ހިންގާފައިވާ ގޮތުން،
— Mohamed Jameel Ahmed (@MJameelAhmed) May 13, 2026
އެކަމަކު ނާޒިމަކީ ސިޔާސީގޮތުންނާ އިލްމީ ގޮތުން ތިޔަ މަޖްލިހުގައި ޕީއެންސީ ތެރެއިން އެކަކަށްވެސް ކައިވެރިވެސް ނުކުރެވޭ ވަރުގެ ބޭފުޅެއް.
ގަބޫލް… https://t.co/4b4l6sU5Er
ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ފާސްކޮށްފައިވަނީ، އޭނާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަށްވާ ކަމުގެ ތުހުމަތުގައެވެ. މި ނިންމުން ނިންމިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޕީއެންސީގެ 40 އަށް ވުރެ ގިނަ މެންބަރުން ވަނީ ނާޒިމް ވަކިކުރުމުގެ ގަރާރުގައި ސޮއިކުރަށްވާފައެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅުމަށް މަދުވެގެން 24 މެންބަރުންގެ ސޮއި ބޭނުންވެއެވެ. އަދި އެ މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވާއިރު، ޕީއެންސީ ޕީޖީ ގުރޫޕޫންވެސް އޭނާ ވަނީ މިއަދު ބޭރުކޮށްލާފައެވެ.
ކިޔުންތެރިންގެ ހިޔާލު