މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ނ. ވެލިދޫއަށް ނިސްބަތްވާ ދެމީހަކު ދިގު މުއްދަތަކަށް ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އައިސްފައިވާ ދެމީހުންނަކީ ނ. ވެލިދޫ / ދިލްބަހާރުގެ، އަޙްމަދު އިބްރާހީމް (44އ) އާއި އެ ރަށު ހެޕީގާރޑްން، ޙުސައިން އިބްރާހީމް (39އ) އެވެ.
އަޙްމަދު އިބްރާހީމްގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށް ވެސް ވަނީ ސާބިތުވެފައެވެ. މި ކުށްތަކުގެ އުގޫބާތެއްގެ ގޮތުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށަށް 25 އަހަރުގެ ޖަލު ހުކުމަކާއި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ވަނީ އިއްވާފައެވެ. އަދި ކެނެބިސް ބޭނުންކުރުމުގެ ކުށަށް 3 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް، އޭނާ ތަންފީޒުކުރަންޖެހޭ ޖުމްލަ ޖަލު އަދަބަކީ 27 އަހަރާއި 11 މަހާއި 5 ދުވަހެވެ. އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ 2024 މެއި 7 ގައެވެ.
މި މައްސަލައިގައި ދެން ހިމެނޭ ޙުސައިން އިބްރާހީމްގެ މައްޗަށް ވެސް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމަކާއި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ވަނީ އިއްވާފައެވެ. ބަންދުގައި ހޭދަކުރި މުއްދަތަށް ރިއާޔަތްކޮށް އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 24 އަހަރާއި 11 މަހާއި 14 ދުވަހުގެ ޖަލު ހުކުމެކެވެ. ޙުސައިން އިބްރާހީމް ހައްޔަރުކޮށްފައިވަނީ 2022 އެޕްރީލް 11 ވަނަ ދުވަހުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު