ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް
ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް
ޕީޕީއެމް އިން މިއަދު ތަޢާރަފްކުރި ލޯޔަލްޓީ ކާޑަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަން ޢަލީ ނިޔާޒް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ފުރަތަމަ ފަހަރަށް ތަޢާރަފު ކުރި "ލޯޔަލިޓީ ކާޑު" އަށް ފާޑު ވިދާޅުވަމުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީއެއްގެ ކޮންމެ މެމްބަރަކަށްވެސް އެޕާޓީއެއްގެ ތެރޭގައި ލޯޔަލިޓީ އޮންނަންވާނީ އެއް މިންވަރަކަށް ކަމަށެވެ. އަދި މެމްބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށްވެސް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

"ޕާޓީ މެމްބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން. ޕާޓީގެ ކޮންމެ މެމްބަރެއްގެވެސް ޕާޓީއަށް ލޯޔަލްޓީ އޮންނަންވާނީ އެއް މިންވަރަކަށް. މިއީ މެމްބަރުން ތަފާާތު ކުރުން." ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އެއްބަންޑު އެއްބަފާ ކޮއްކޯފުޅު ޢަލީ ނިޔާޒް ވިދާޅުވިއެވެ.



މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ލޯޔަލްޓީ ކާޑެއް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ. ޕީޕީއެމް އިން ތަޢާރަފްކުރި ލޯޔަލްޓީ ކާޑުގެ ތެރެއިން މެޖެންޑާ ކާޑަކީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އަމާޒުކޮށްގެން ތަޢާރަފް ކުރެވިފައިވާ ކާޑެކެވެ. މީގެ އިތުރުން ސިލްވާ، ގޯލްޑް، ޕްލެޓިނަމް ކާޑަކީ ވިޔަފާރި ވެރިންނާއި، ޕާޓީއަށް ހެޔޮއެދޭ ފުދުންތެރި ފަރާތްތަކަށް ޚާއްސަކުރެވިގެން ތަޢާރަފް ކުރެވިފައިވާ ކާޑެއް ކަމަށް ޕީޕީއެމުން މަޢުލޫމާތު ދެއެވެ.

ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެތައްހާސް ބަޔަކު މިއަދުވެސް ޕާޓީއަށް ހެޔޮއެދި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަމަށާއި، މިއީ ޕާޓީ ކުރިއަށް ގެންދިއުމަށްޓަކައި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބް ކާމިޔާބް ކުރުމަށް ލިބިގެންދާ އިތުރު ހިތްވަރެއްކަމަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް އޮތްތަނުގައި ޕާޓީއަށް މަންފާ ލިބޭނެ ގިނަ މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން