ވ. އަތޮޅު ކައިރިއަށް ޑައިވިންގ އަށް ގޮސް އުޅެނިކޮށް އިއްޔެ ގެއްލުނު އިޓަލީގެ ޑައިވަރުންތައް ހޯދުމަށް ސިފައިން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު އެ ސަރަޙައްދަށް ވަޑައިގެންފިއެވެ.
މި ހާދިސާ ހިނގި ކަމަށް ބެލެވޭ ސަރަޙައްދަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި، ރާއްޖޭގެ ދިފާޢީ ބާރުން ކުރިއަށްގެންދާ ރެސްކިއު އޮޕަރޭޝަންގެ އެންމެ ފަހުގެ މަޢުލޫމާތު އެމަނިކުފާނާ ވަނީ ޙިއްސާކުރައްވާފައެވެ. އަދި ސިފައިންގެ ޑައިވަރުން އެ ސަރަޙައްދުގެ ކަނޑުގެ އަޑީގައި ހަރަކާތްތެރިވަމުންދާ މަންޒަރުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އިރުދިޝާމް އާދަމް، ޓުއަރިޒަމް މިނިސްޓަރު މުޙައްމަދު އަމީން، ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙުސާންގެ އިތުރުން ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި ހާދިސާގެ ސަބަބުން އެމަނިކުފާނަށް ފުން ހިތާމައެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ނިޔާވި މީހާއަށާއި ގެއްލިގެން ހޯދަމުންދާ މީހުންގެ ޢާއިލާތަކަށް ހަމްދަރުދީ ފޮނުއްވައި، ހެޔޮ ދުޢާ ކުރައްވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ގެއްލިފައިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، އިޓަލީ ސަރުކާރުން މި އޮޕަރޭޝަނަށް ދެއްވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 13:45 ހާއިރުއެވެ. މި މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކަނޑާއި ވައިގެ ފައުޖުތަކުގެ އިތުރުން، ސަފާރީއަކާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަނާއި، އަލިމަތާ ރިސޯޓުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން، ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އިއްޔެ އިރުއޮއްސި 18:13 ހާއިރު ވަނީ ފެނިފައެވެ. އެމްއެންޑީއެފުން ބުނީ މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއްގެ ތެރެއިން ކަމަށެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުންވެސް ތިބޭނެ ކަމަށް ލަފާކުރެވެނީ 200 ފޫޓުގެ ދިގުމިން ހުރި މި ކޭވްގެ ތެރޭގައި ކަމަށްވާތީ، މިއީ "ހައި ރިސްކް" ނުރައްކާތެރި އޮޕަރޭޝަނެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އޮޕަރޭޝަން ނިމެންދެން ކޯސްޓްގާޑް ޝިޕް "ޣާޒީ" އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު