ދިވެހިރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ތިން ރައީސުން ކަމަށްވާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަދި ރައީސް މުޙައްމަދު ނަޝީދު ގުޅިވަޑައިގެން ބޭއްވެވި މުހިންމު ބައްދަލުވުމަކަށްފަހު، މާލޭގެ ރަސްފަންނު ސަރަހައްދަށް ވަޑައިގަތުމަށް މިސްރާބު ޖެއްސެވުމުން ފުލުހުން ވަނީ އެ ބޭފުޅުންނަށް ކުރިއަށް ވަޑައިނުގަނެވޭނެހެން ހުރިހާ ފަރާތްތަކަކުން މަގު ބަންދުކޮށް ހުރަސްއަޅާފައެވެ.
މި ވަގުތު ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީ ޓީމުގެ ފަރާތުން، ރައީސުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރިއަށް ދިއުމުގެ ހުއްދައަށް އެދި ތަކުރާރުކޮށް އެދުމުންވެސް ފުލުހުން އެކަމަށް އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.
ފުލުހުންގެ މި ހިފެހެއްޓުންތަކުގެ ސަބަބުން އެ ސަރަހައްދުގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެ، ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ފުރާނަފުޅަށް ނުރައްކާވެދާނެ ފަދަ ނާޒުކު އަދި ބިރުވެރި ދަނޑިވަޅެއް އެ ސަރަހައްދުގައި އުފެދިގެންދިޔައެވެ.
މި ހާދިސާ ހިނގިތާ އޭގެ އިރުކޮޅެއް ފަހުން، އެ ސަރަހައްދަށް އެއްވެ ތިބި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުމެއް ހިނގައި، މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.
ފުލުހުން ބަންދުކޮށްގެން ތިބި ބެރިކޭޑްތަކާއި ސެކިއުރިޓީ ކޯޑަން ފަޅާލުމަށް އާންމުން ކުރި މަސައްކަތުގެ ތެރެއިން، ފުލުހުން ހިފަހައްޓައިގެން ތިބި ސެކިއުރިޓީ ޝީލްޑްތައް ފަޅާލުމަށްފަހު، ތިން ރައީސުންނާއި އެއްވެ ތިބި ހުރިހާ ފަރާތްތަކެއް އެކުގައި ވަނީ ރަސްފަންނާ ދިމާލަށް މިސްރާބު ޖަހައި ކުރިއަށް ގޮސްފައެވެ.
ގައުމުގެ އެންމެ މަތީ ވެރިކަން ކުރައްވާފައިވާ އިސް ބޭފުޅުންތަކެއްގެ ގާނޫނީ ސެކިއުރިޓީ މިފަދަ ގޮތަކަށް "ކޮމްޕްރޮމައިޒް" ވެ، އެ ބޭފުޅުންގެ ސަލާމަތްތެރިކަން ގެއްލޭ ފަދަ އަމަލުތަކެއް ފުލުހުންގެ ފަރާތުން ފެނުމާ ގުޅިގެން، އާންމުންގެ ބޮޑެތި ފާޑުކިއުންތަކާއި ނުރުހުން މިހާރު ދަނީ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު