ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދިޔަ ސިފައިންގެ ޑައިވަރު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީއެވެ. މަހުދީ ނިޔާވީ ފެލިދެއަތޮޅުގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ޑައިވް ކުރަނިކޮށް ކުއްލިއަކަށް ހާލު ދެރަވެގެން، އޭޑީކޭއަށް ގެނެސް ފަރުވާ ދެމުންދަނިކޮށެވެ.
ވ.އަތޮޅު ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ޑައިވަރުން ގެއްލުމާ ގުޅިގެން، ކޯސްޓްގާޑުން ދަނީ އެ ސަރަހައްދުގައި ހުއްޓުމެއްނެތި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި އޮޕަރޭޝަނަކީ މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅު ކަނޑުގެ އަޑީގެ ހޮހޮޅައަކަށް ޑައިވް ކުރަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުން ހޯދުމަށް ފެށި އޮޕަރޭޝަނެކެވެ. މި ހިތާމަވެރި ހާދިސާގައި ޖުމްލަ ފަސް މީހަކު ޑައިވަށް ދިޔައިރު، މިހާތަނަށް ފެނިފައިވަނީ އެ ގްރޫޕާއެކު ދިޔަ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ.
ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު