އެމެރިކާގެ  ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލާ ކޮންމެ މީހަކަށް ނުވަތަ ޖަމާއަތަކަށް 50 މިލިއަން ޔޫރޯގެ އިނާމެއް ދިނުމަށް ހުށަހަޅާފައިވާ ބިލެއް އީރާނުގެ މަޖިލީހުން ދިރާސާކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ހުށަހެޅުން ކުރިމަތިވެފައިވަނީ ތެހެރާނާއި ވޮޝިންޓަނާ ދެމެދު މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބުނާ ގޮތުގައި މިއީ 2020 ވަނަ އަހަރު އެމެރިކާއިން އީރާނުގެ އައި.އާރު.ޖީ.ސީ ގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން ހިފާ ބަދަލެކެވެ.

އީރާނުގެ ސީނިއާ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އިބްރާހީމް އަޒީޒީ ވިދާޅުވި ގޮތުގައި، މި ބިލަކީ ދާދިފަހުން ސަރަހައްދީ ގޮތުން ހިނގާދިޔަ ހަމަނުޖެހުންތަކަށްފަހު ތައްޔާރުކުރި "ރައްދު ފިޔަވަޅުތަކުގެ" ޕެކޭޖެއްގެ ބައެކެވެ. މި ބިލުގައިވާ ގޮތުން، މަޖިލީހުގެ މެންބަރުން "ދީނީ އަދި ފިކުރީ މިޝަނެއް" ގެ ގޮތުގައި ސިފަކުރާ މި އަމަލު ހިންގާ ފަރާތަކަށް އިނާމުގެ ފައިސާ ދިނުމަށް އީރާނުގެ ސަރުކާރަށް މަޖުބޫރުވާނެއެވެ. މިފަދަ ހަރުކަށި ބަސްމަގުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ތަރައްގީތައް ފެންމަތިވެފައި މިވަނީ، ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނާ ގުޅުންހުރި ފަރާތްތަކުން ރާވަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުންހުރި އެޖެންޓުންތަކެއް 2024 ވަނަ އަހަރު ރޭވި ކަމަށް ބުނާ ރޭވުމެއްގެ ދައުވާތައް އެމެރިކާގެ ޕްރޮސެކިއުޓަރުން ވަނީ ދާދިފަހުން ހާމަކޮށްފައެވެ. އީރާނުގެ މަޖިލީހަށް ހުށަހެޅުނު މި އާ ބިލުގެ ސަބަބުން، ކުރެޑްވެސް ނާޒުކު ފައްތަރެއްގައި އޮތް އެމެރިކާ-އީރާނުގެ ގުޅުން އިތުރަށް ގޯސްވެ، ދައުލަތްތަކާ ގުޅުންހުރި ސިޔާސީ އަނިޔާވެރިކަމުގެ ނުރައްކާތަކަށް ދުނިޔޭގެ ސަމާލުކަން އިތުރަށް ހުއްޓިގެންދާނެއެވެ.

މިޚަބަރާ ގުޅޭގޮތުން ޓައިމްސް އޮފް އިންޑިއާ އިން ތައްޔާރުކޮށްފައިވާ ތަފްސީލުތައް ހިމެނޭ ވީޑިއޯ ރިޕޯޓް ތިރީގައި މިވަނީ އެވެ.





ކިޔުންތެރިންގެ ހިޔާލު