ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) އިގެ އިރުމަތީ އިތޫރީ ޕްރޮވިންސްގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި އިޢުލާނުކޮށްފިއެވެ.
މިހާތަނަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 ކޭސްއެއް ފެނިފައިވާއިރު، 80 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް، ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި މި ބަލިމަޑުކަން އަދި މުޅި ދުނިޔެއަށް ފެތުރޭ "ޕެންޑެމިކް" އެއްގެ ދަރަޖައަކަށް ނުދެއެވެ. އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް އިންޒާރު ދެއްވި ގޮތުގައި، ބަލި ޖެހިފައިވާ މީހުންގެ އަދަދާއި ބަލި ފެތުރިފައިވާ ސަރަހައްދުތަކާ ގުޅޭގޮތުން އަދިވެސް ގިނަ ކަންތައްތަކެއް ދެނެގަނެވިފައެއް ނުވެއެވެ.
މި ފަހަރު ފެތުރެމުންދަނީ އެބޯލާގެ 'ބުންޑިބުގްޔޯ' ވައިރަހެވެ. މި ވައިރަހަށް މިހާތަނަށް އެއްވެސް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ލެބޯޓްރީ ތަކުން ކަށަވަރުކުރެވޭ އަށް ކޭސްއެއް ފެނިފައިވާއިރު، އިތޫރީ ޕްރޮވިންސްގެ ވެރިރަށް ބޫނިއާ އާއި، ރަން ނަގާ ސަރަހައްދުތައް ކަމަށްވާ މޮންގްވާލޫ އަދި ރަމްޕާރާ ހިމެނޭހެން ތިން ސިއްހީ ސަރަހައްދަކުން ބަލި ޖެހިފައިވާ މީހުންނާއި މަރުވާ މީހުން ދަނީ ފެންނަމުންނެވެ.
މި ބަލި މިހާރު ވަނީ ޑީއާރު ކޮންގޯގެ ބޯޑަރު ހުރަސްކޮށް އަވަށްޓެރި ޔުގެންޑާއަށް ވެސް ފެތުރިފައެވެ. ޔުގެންޑާގެ އޮފިޝަލުން ހާމަކުރި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަރުވި 59 އަހަރުގެ ފިރިހެނަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީހުން އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމާއި ވިޔަފާރީގެ މުއާމަލާތްތަކުގެ ސަބަބުން، ޑީއާރު ކޮންގޯއާ ބޯޑަރު ހިއްސާކުރާ ހުރިހާ ގައުމުތަކަކަށް ބަލީގެ ނުރައްކާ ބޮޑު ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ޑީއާރު ކޮންގޯ އާއި ޔުގެންޑާގައި އެމަޖެންސީ އޮޕަރޭޝަން ސެންޓަރުތައް ގާއިމުކޮށް، ބަލި ޖެހޭ މީހުން ދެނެގަތުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ޑަބްލިއުއެޗްއޯ އިން ވަނީ އިރުޝާދު ދީފައެވެ. އަދި ބަލި ޖެހޭ މީހުން ވަގުތުން އެކަހެރިކޮށް، 48 ގަޑިއިރުގެ ތަފާތަކާއެކު ހަދާ ދެ ޓެސްޓު ނެގަޓިވް ވަންދެން ފަރުވާ ދިނުމަށް ވަނީ އަންގާފައެވެ. ނަމަވެސް، ބޯޑަރުތައް ބަންދުކުރުމާއި ދަތުރުފަތުރަށް ހުރަސް އެޅުމަކީ ސައިންޓިފިކް ހެއްކެއް ނެތި ބިރުވެރިކަމެއްގެ ތެރެއިން ކުރެވޭ ކަންކަން ކަމަށް ބުނެ، އެފަދަ ފިޔަވަޅުތައް ނޭޅުމަށް ޑަބްލިއުއެޗްއޯ އިން ވަނީ ލަފާދީފައެވެ.
އެބޯލާ އަކީ 1976 ވަނަ އަހަރު ޑީއާރު ކޮންގޯއިން ފުރަތަމަ ފެނުނު ބައްޔެކެވެ. މިއީ އެ ގައުމުގައި މި ބަލި ފެތުރޭ 17 ވަނަ ފަހަރެވެ. ވާލުގެ ޒަރީއާއިން ފެތުރޭ ކަމަށް ބެލެވޭ މި ވައިރަސް އިންސާނުންގެ ގަޔަށް އަރަނީ ހަށިގަނޑުން ބޭރުވާ ދިޔަވަރުގެ ސަބަބުންނެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް ފެއިލްވެ، އެތެރެހަށިން ލޭލުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެނެއެވެ. ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، މަސްތަކުގައި ރިއްސުން، ވަރުބަލިވުން އަދި ކަރުގައި ރިއްސުން ހިމެނެއެވެ. މި ބަލީގައި މަރުވާ މީހުންގެ ނިސްބަތް 50 އިންސައްތައަށް އަރައެވެ.
އެފްރިކާގެ ސީޑީސީ އިން ވެސް ވަނީ މޮންގްވާލޫ ފަދަ ރަން ނަގާ ސަރަހައްދުތަކާއި ބޫނިއާ ފަދަ ސިޓީތަކުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ޖީން ކަސޭޔާ ވިދާޅުވީ، މީހުންގެ ދަތުރުފަތުރު ގިނަވުމުގެ ސަބަބުން ސަރަހައްދީ ފެންވަރުގައި މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
ވޭތުވެދިޔަ 50 އަހަރު ތެރޭގައި އެފްރިކާގެ ގައުމުތަކުން 15،000 އެއްހާ މީހުން މި ބަލީގައި މަރުވެފައިވާއިރު، އެންމެ ނުރައްކާތެރިކޮށް ބަލި ފެތުރުނީ 2018 އާއި 2020 އާ ދެމެދުގައެވެ. އެ ފަހަރު 2،300 އެއްހާ މީހުން މަރުވިއެވެ. އޭގެ ފަހުން މިދިޔަ އަހަރު ވެސް އެކަހެރި ސަރަހައްދެއްގައި ބަލި ފެތުރުމުގެ ސަބަބުން 45 މީހުން މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު