މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރި މޭޔަރުންނާއި، ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު މުޅި ރާއްޖޭގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ ކުރިން ތިއްބެވި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު މިއަދަށް ހަމަވާތީއެވެ. ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހެނދުނު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެއްވަގުތެއްގައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އެގޮތުން ޕީއެންސީއަށް ކައުންސިލްތަކުން ޖުމްލަ 280 ގޮނޑި ލިބިފައިވެއެވެ. މީގެ ތެރޭގައި ސިޓީ ކައުންސިލްތަކުން 5 ގޮނޑި، ރަށު ކައުންސިލްތަކުގެ ރައީސުންގެ 75 ގޮނޑި، އަންހެނުންނަށް ހާއްސަ 101 ގޮނޑި އަދި އާންމު 99 ގޮނޑި ހިމެނެއެވެ. އަންހެނުންގެ ކޮމިޓީތަކުގެ ގޮނޑިތަކާއެކު ޕީއެންސީއަށް ޖުމްލަ 584 ގޮނޑި ލިބިފައިވެއެވެ.
އިދިކޮޅު އެމްޑީޕީން ވަނީ ކައުންސިލްތަކުގެ ޖުމްލަ 289 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ މޭޔަރުންގެ 5 ގޮނޑިއާއި، ސިޓީ ކައުންސިލްތަކުގެ 41 ގޮނޑިއާއި، ރަށު ކައުންސިލް ރައީސުންގެ 73 ގޮނޑިއާއި، އަންހެނުންނަށް ހާއްސަ 88 ގޮނޑި އަދި އާންމު 82 ގޮނޑިއެވެ. އަންހެނުންގެ ކޮމިޓީތަކާއެކު އެމްޑީޕީއަށް ލިބިފައިވަނީ ޖުމްލަ 563 ގޮނޑިއެވެ.
މިއަދު ހުވާކުރެއްވި ކައުންސިލަރުންނާއެކު، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ އާ ދައުރު ރަސްމީކޮށް މިވަނީ ފެށިފައެވެ.

ކިޔުންތެރިންގެ ހިޔާލު