މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމަށް ލިބެމުންދާ ހީނަރުކަމުން އަރައިގަތުމުގައި ކާމިޔާބީ ލިބެމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުޙައްމަދު އަމީން ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، މާރިޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 22.5 އިންސައްތަ ދަށަށް ގޮސްފައިވާކަމަށާއި، އެޕްރީލް މަހު މި ނިސްބަތް 26.5 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މި ހިނގާ މޭ މަހުގެ މިހާތަނަށް، މި ނިސްބަތް ހުރީ 8.9 ގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާލަތުގައި، ފަތުރުވެރިކަން ދަށަށް ދާ މިންވަރުގެ ފަރަގު، މިހާ ބޮޑަށް ކުޑަކުރެވުން ވަޒީރު ސިފަކުރެއްވީ ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ، ކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކާއި، މުއައްސަސާތަކާއި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާޢަތުން އެކުގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މޯލްޑިވިއަން އިން އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ނިންމެވި ނިންމެވުން މިހާރު ވެގެންގޮސްފައިވަނީ، ހައްސާސް ޙާލަތެއްގައި އިޤުތިޞާދީ ގެއްލުން މިޓިގޭޓްކުރުމަށް ރާއްޖޭގެ އަމިއްލަ ޤާބިލިއްޔަތު އިތުރުވެގެންދިޔަ، ޙިކުމަތްތެރި ނިންމެވުމަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ވަނީ، ހަނގުރާމައިގެ ހާލަތު ގާތުން ވިލަރެސްކުރައްވައި، ހަނގުރާމައިގެ އަސަރުކުރާ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ޙާލަތު ބައްލަވަމުން، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޚާރިޖީ ޗެނަލްތަކުން ދޭދޭ ޤައުމުތަކާއި މުއައްސަސާތަކާއެކު މަޝްވަރާކޮށް، އިޤުތިޞާދީ ލޮޅުން ކުޑަކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ތެލާއި، ކާޑާއި، އަސާސީ މުދާ، ދަތިކަމެއް ނެތި ފޯރުކޮށްދެއްވުމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައިވެސް، ޚަރަދުތައް ރޭޝަނަލައިޒް ކުރައްވައި، ދަރަނިތައް އަދާކުރަށްވައި، މިހާރު ޤައުމުގެ ދަރަނި ވަނީ ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓިފައިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު