މިއަހަރުގެ އަޟްޙާ އީދު ނަމާދު މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ކުރުމަށް ހަތަރު ސަރަހައްދެއް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިމަހުގެ 27 ވާ އާދީއްތަ ދުވަހު އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 07:00 ގައެވެ. މާލެ ސަރަހައްދުގެ މައިދާންތަކާއި މިސްކިތްތައް ހިމެނޭހެން ޖުމުލަ 29 ތަނެއްގައި އީދު ނަމާދު ކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ބޯޅަދަނޑާއި، ހުޅުމާލެ ފޭސް 1ގެ ސިންތަޓިކް ޓްރެކް ސަރަހައްދާއި، ހުޅުމާލެ ފޭސް 2ގެ މަސްޖިދު ހަސަން އާދަމް ހުންނަ ހުސްބިމުގައެވެ.
މައިދާންތަކުގެ އިތުރުން މާލޭގެ 17 މިސްކިތެއްގައާއި، ވިލިމާލޭގެ އެއް މިސްކިތުގައާއި، ހުޅުމާލެ ފޭސް 1 ގެ ފަސް މިސްކިތެއްގައާއި އަދި ހުޅުމާލެ ފޭސް 2 ގެ ދެ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ބޮޑު ޖަމާއަތް ކުރިއަށް ނުގެންދެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު