ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން
ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން
ނިއުޒިލޭންޑުގައި މިއަދު ބޭއްވި އާއްމު އިންތިހާބު ކާމިޔާބުކޮށް، ބޮޑުވަޒީރު ޖަސިންދާ އާޑާން ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިއެވެ.

ނިއުޒިލެންޑް ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި މިހާތަަނަށް 90 އިންސައްތަ ވޯޓް ގުނާފައިވާއިރު، ޖަސިންދާ އާޑާންގެ ލޭބަރ ޕާޓީއަށް ވަނީ 49 އިންސައްތަ ވޯޓު ކާމިޔާބު ކުރެވިފައެވެ. އިދިކޮޅު ނެޝަނަލް ޕާޓީއަށް ލިބިފައިވަނީ 27 އިންސައްްތަ ވޯޓެވެ. އެހެންކަމުން 119 ގޮނޑި ހިމެނޭ ނިއުޒިލެންޑުގެ ޤާނޫނު ހަދާ މަޖިލީހުގެ 64 ގޮނޑި އާޑާންގެ ޕާޓީން ކާމިޔާބުކުރާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ. މި ނަތީޖާއާއެކު އިދިކޮޅު ނެޝަނަލް ޕާޓީން ވަނީ ބަލި ޤަބޫލުކޮށްފައެވެ.

ނިއުޒިލެންޑުގެ އިންތިޚާބު މިއަދު ބާއްވާފައިވާއިރު، މިއީ މިދިޔަ ސެޕްޓެމްބަރުމަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބެކެވެ. ނަމަވެސް ކޯވިޑްއާ ގުޅިގެން އިންތިޚާބު ފަސްކުރީއެވެ.

ނިއު ޒީލޭންޑުގައި ބޭއްވި އާއްމު އިންތިހާބު ކާމިޔާބުކޮށް، ބޮޑުވަޒީރު ޖަސިންދާ އާޑާން ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާއިރު، އޭނާ ބޮޑުވަޒީރުގެ މަޤާމަށް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގަތީ 2017 ވަނަ އަހަރުއެވެ. ބޮޑު ތަފާތަކުން މިފަހަރުގެ އިންތިޚާބު އާޑާން ކާމިޔާބުކުރެއްވީ، ކޯވިޑް ކޮންޓްރޯލްކުރުމުގައި އޭނާގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން