ދިވެހި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހއ. ކެލާ ކައިރިން ސްރީ ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދަށް ޤާނޫނާ ޚިލާފަށް ވަތް ސްރީލަންކާގެ ދެ މަސްބޯޓެއް ކޯސްޓްގާޑުގެ ބާރުގެ ދަށަށް ގެނެސްފައިވަނީ، ސަރަޙައްދީ ޤައުމުތަކުން ހިއްސާކުރި އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް، ކޯސްޓްގާޑާއި އެއާކޯއިން ގުޅިގެން ހިންގި ބެލެހެއްޓުމުގެ (ސަވައިލަންސް) ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
ސްރީލަންކާގެ އެ ބޯޓުތައް ކޯސްޓްގާޑުގެ ބާރުގެ ދަށަށް ގެނެވުނީ އިއްޔެ ހެނދުނު 8:30 ހާއިރު، ހދ. ކެލާގެ އިރުމަތީން ގާތްގަނޑަކަށް 51 ނޯޓިކަލް މޭލު ބޭރުގައި އޮއްވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ދެ ބޯޓު މިހާރު ހދ. ކުޅުދުއްފުށި ބަނދަރަށް ވައްދައި، ފުލުހުންނާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު