އެމަނިކުފާނު ޖަލައް ލުމަކީ ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެެންއެފްގެ "ރިސެޓް" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތީން ގައިގައި އަތްލެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
"ޖަލު ހުކުމެއް އަންނާނެ ގޮތަކީ ނެތް ގޮތެެއް. ގާނޫނާއި ޝަރީއަތުގައި ގާނޫނީ ހަމަތަކުގެ މަތީން އަޅުގަނޑުގެ ގައިގައި އަތްލެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ," ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ "ރައީސް ސޯލިހް އަޅުގަނޑުމެންގެ ފިކުރާ ތަފާތު ފިކުރެއްގައި ހުރެގެން ބޮޑު އަވައްޓެރި ގައުމެއްގެ އެހީ ލިބިގެން ފައިސާ ލިބިގެން ވެރިކަމުގައި ހުރެގެން އަޅުގަނޑު ޖަލުގައި ބައިންދައިގެން އޭނަ ހީކުރީ ރިޔާސީ ދެވަނަ ދައުރެއް ލިބޭނެ" ކަމަށެވެ.
"މި ސަރުކާރުން ވެސް އަޅުގަނޑު ޖަލަށް ލައްވަންޏާ ޖަލަށް ލައްވާ," ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު