ބަހާއި އަމަލާ ދިމާނުވުމަކީ ގައުމުގެ ކުރިމަގަށް ދެވޭ އެންމެ ބޮޑު ކެހިވެރިކަންކަމަށް މެންބަރު އައްބާސް ސިފަކުރައްވައިފިއެވެ.
ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ފަހަރަކުވެސް ވެރިކަމަށް އާދެވެނީ ރައްޔިތުންގެ ހިތްތަކަށް ފިނިކަންދޭ ފަދަ ވަރަށް ފޮނި އުންމީދުތަކާއި ވައުދުތަކަކާއެކު ކަމަށެވެ.
ކަރުދާހުގައި ކުރަހައިދޭ ކުރެހުންތަކާއި، ވެދޭ ފޮނި ވައުދުތަކަކީ ގައުމުގެ މުސްތަގުބަލު ބަދަލުކޮށްލާނެ ރަންގަނޑެއް ފަދަ އެއްޗެހިކަމަށް ދެއްކި ނަމަވެސް، ދުވަސްތައް ފާއިތުވެ، ގޮނޑިތަކަށް ބާރުވެ، ބާރުތައް އަތަށް ލިބުމުން ފެންނަނީ މުޅިން ތަފާތު ހިތްދަތި މަންޒަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު އައްބާސް ވިދާޅުވި ގޮތުގައި، ސަރުކާރެއްގެ ގާބިލުކަން ވަޒަންކުރެވެނީ ވައުދުތައް ކަނޑައަޅާ ފޮތުގެ ބޮޑުކަމަކުން ނޫނެވެ. އެހެނަސް، އާންމު ރައްޔިތުމީހާގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލަކުންނެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ ވައުދުގެ ކަރުދާސްތައް މާޒީގެ ކުނިބުންޏަށްވެ، ނާގާބިލުކަމުގެ ހިޔަނި މުޅި ނިޒާމަށް އެޅެމުންދާ މަންޒަރު ކަމަށާއި، ބަހާއި އަމަލާ ދިމާނުވުމަކީ ހަމައެކަނި ސިޔާސީ އުކުޅެއް ނޫން ކަމަށާއި، އެއީ ގައުމެއްގެ ކުރިމަގަށް ދެވޭ އެންމެ ބޮޑު ކެހިވެރިކަން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ރައްޔިތުން ބޭނުންވަނީ ހަމައެކަނި ޕޯޑިއަމްތަކުގައި ދައްކާ ރީތި ވާހަކަތަކެއް ނޫން ކަމަށާއި، ރައްޔިތުން ބޭނުންވަނީ ނަތީޖާއާއި ކަންކަން ހިންގުމުގެ ގާބިލުކަން ކަމަށް އައްބާސް ވިދާޅުވިއެވެ.
އަދި ވައުދެއް ވެއްޖެނަމަ އެ ވައުދެއް ފުއްދުމުގެ ތެދުވެރިކަން ހުންނަންޖެހޭނެ ކަމަށާއި، މިއަދު އަޑުއުފުލަން މިޖެހެނީ ވަކި ބަޔަކަށް ވީތީއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ގައުމުގެ ހާލަތާއި، އުންމީދުތައް ފުނޑުފުނޑުވަމުންދާތީ، ހަނދާންކޮށްދިނުމުގެ ގޮތުން ދައްކާ ވާހަކައެއް ކަމަށާއި، ބަސްބުނުމުގެ ވަގުތަކީ ހަމައެކަނި ވޯޓުލާ ދުވަސް އެކަނި ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ކޮންމެ ދުވަހަކީވެސް ސަރުކާރު ޖަވާބުދާރީކުރުވަންޖެހޭ ދުވަހެއް ކަމަށް ވިދާޅުވެ އައްބާސް ވަނީ ޕޯސްޓް ނިންމާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު