މިހާރުގެ ސަރުކާރާއި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދުނީ މި ވެރިކަމުގެ ކެބިނެޓުން އެމަނިކުފާނަށް ފުރުސަތު ނުދެއްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އއ. ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ ޑރ. ޖަމީލަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކެބިނެޓުން ޖާގައެއް ލިބުނު ނަމަ، ޖަމީލު މިއަދު ކުރީގެ ރައީސް އަބްދުالله ޔާމީންގެ އަރިހަކު ނުހުންނަވާނެ އެވެ.
ޝުޖާއުގެ ވާހަކަފުޅުގައި ޕީއެންއެފް އިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހިނގާދިޔަ ހާދިސާއަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެއްބަޔަކު ރައީސް ޔާމީންގެ ނަންފުޅުން ގޮވަމުންދިޔައިރު އަނެއް ބަޔަކު އެމަނިކުފާނު "ހައްޔަރުކުރުމަށް" ގޮވަމުންދިޔަ ކަމަށެވެ.
އެ މަންޒަރު ފެނިވަޑައިގަތުމުން ވެސް ޑރ. ޖަމީލާއި މަލީހު ޖަމާލު ތިއްބެވީ ހިނިތުންވެވަޑައިގެން ކަމަށާއި، މިއިން ދޭހަވަނީ ރައީސް ޔާމީނަށް ޖަމީލުގެ ހިތްޕުޅު އެއްވެސް ވަރަކަށް ސާފުނޫންކަން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އަދި ރައީސް ޔާމީންގެ ދިފާއީ ގާނޫނީ ވަކީލުންގެ ގޮތުގައި ތިއްބަވައި، އެމަނިކުފާނު ހައްޔަރުކުރަން ގޮވުމުން ހިނިފުޅުވަޑުވަން ތިއްބެވި މަންޒަރަކީ މިއަދު އަލަށް ފެންނަ ކަމެއް ނޫން ކަމަށާއި، އިދިކޮޅުގައި ތިބި ދުވަސްވަރު ވެސް ކަންތައްތައް ހުރީ އެގޮތަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ސިޔާސީ މައިދާނުގައި ކޮންމެ ބޭފުޅެއްގެ ވެސް އަމިއްލަ އެދުންތަކެއް ހުރި ނަމަވެސް، ރައީސް ޔާމީނާ މެދު މިއަދުވެސް އެންމެ ހެޔޮލަފާ އަދި އޯގާތެރި ހިތަކާއެކު ދެކިވަޑައިގަންނަވާ ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޝުޖާއު ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީނާ ދެކޮޅަށް ހަޑިހުތުރު އެއްވެސް ބަހެއް ބޭނުން ނުކުރުމަށް ރައީސް މުއިއްޒު ތަކުރާރުކޮށް އިރުޝާދު ދެއްވާފައިވާ ކަމަށާއި، އެއިން ރަމްޒުކޮށްދެނީ ރައީސް މުއިއްޒުގެ ހިތްޕުޅުގައި ރައީސް ޔާމީނަށް އޮތް ބޮޑު އިހުތިރާމް ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ރައީސް ޔާމީން ކިތަންމެ ވަރަކަށް ފާޑުވިދާޅުވި ނަމަވެސް ސަރުކާރާއި ޕާޓީގެ އިސްބޭފުޅުން އެއަށް ރައްދު ނުދެއްވުމަށް ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށް ވެސް ޝުޖާއު ހާމަކުރެއްވި އެވެ.
މީގެ އިތުރުން، ރައީސް ޔާމީން ފަހަކަށް އައިސް ރައީސް މުއިއްޒުއަށް އަމާޒުކުރައްވައި ދައްކަވާ ވާހަކަފުޅުތަކަށް ޝުޖާއު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދައިން ރައީސް ޔާމީން ވެސް ބައެއް ފަހަރު "ހަމައިން ނެއްޓޭ" ވަގުތުތައް އަންނަ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މިހާރު ރައީސް މުއިއްޒުއާ ބެހޭގޮތުން ރައީސް ޔާމީން ދައްކަވަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކަކީ އެފަދަ ވަގުތުތަކެއްގައި ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު