ދިވެހިންގެ ތެރޭގައި ސައިބުއިމަކީ ހަމައެކަނި އާދައެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ސަގާފަތުގެ ބައެކެވެ. މަސައްކަތުގެ މާހައުލުގައި ވިޔަސް، އަދި ގޭތެރޭގެ މަޖިލިސްތަކުގައި ވިޔަސް "ކޮންމެ ވަގުތަކީ ސައިބޯ ވަގުތެއް" ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، މި އާދައިގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވަނީ ހަމައެކަނި މޭ އެންދުމުގެ މައްސަލައެއް ނޫނެވެ. މިންގަނޑުން ބޭރަށް ސައިބުއިމުގެ ސަބަބުން ސިއްހީ ގިނަ ނުރައްކާތަކަކަށް މަގުފަހިވެގެންދެއެވެ.
ސައިގައި ހިމެނޭ 'ޓެނިންސް' އަކީ ހަށިގަނޑަށް ދަގަނޑުގެ ބައި ނުވަތަ 'އަޔަން' ނަގައިގަތުމަށް ހުރަސްއަޅާ މާއްދާއެކެވެ. ހާއްސަކޮށް ކެއުމުގެ ވަގުތުތަކާ ގާތްކޮށް ނުވަތަ ކެއުމުގެ ތެރޭގައި ސައިބޯނަމަ، ގަސްގަހާގެހިން ލިބޭ ދަގަނޑުގެ ބައި ހަށިގަނޑަށް ދަމައިގަތުމުގެ ގާބިލުކަން ދަށްކޮށްލައެވެ. މީގެ ސަބަބުން ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެ، އަބަދު ވަރުބަލިވުމާއި ބޯއެނބުރުން ފަދަ ކަންކަން ދިމާވެއެވެ.
ސައިގައި ހިމެނޭ ކެފެއިން ސަބަބުން ނަފްސާނީ
ދުޅަހެޔޮކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މާގިނައިން ސައިބުއިމަކީ ހާސްކަން އިތުރުވެ، ނުތަނަވަސްކަން އިހުސާސްކުރަން ޖެހޭ ކަމެކެވެ. މީގެ އިތުރުން، ކެފެއިންގެ ސަބަބުން ނިދުމަށް އެހީތެރިވެދޭ ހޯރމޯން އެއް ކަމަށްވާ 'މެލަޓޮނިން' އުފެއްދުން މަދުކޮށްލައެވެ. މީގެ ނަތީޖާއަކީ ނިދުމުގެ ފެންވަރު ދަށްވެ، ނިދި ހަމަނުވުމުގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ފޫހިވުމާއި ސިކުނޑި ސާފު ނުވުމެވެ.
ގިނަ ބަޔަކަށް ދިމާވާ އެންމެ އާންމު އެއް މައްސަލައަކީ ބަނޑުހުސްކޮށް ހުރެ ސައިބުއިމުން ކުރިމަތިވާ އުނދަގޫތަކެވެ. ސައިގައި ހުންނަ ބައެއް މާއްދާތަކުގެ ސަބަބުން ބަނޑުގެ އެސިޑިޓީ އިތުރުވެ، މޭ އެންދުމާއި، މޭނުބައިކުރުން ފަދަ ކަންކަން ދިމާވެއެވެ. އަދި ބައެއް ފަހަރު ބަނޑުގައި ރިއްސުން ވެސް މެދުވެރިވެއެވެ. މިއީ ސައިގެ ސަބަބުން ބަނޑުގެ ޓިޝޫތަކަށް ކުރާ ބާރެއްގެ ނަތީޖާއެވެ.
މީގެ އިތުރުން ބޮލުގައި ރިއްސުމަކީވެސް ސައިބުއިމާ ގުޅިފައިވާ ކަމެކެވެ. ކެފެއިންއަށް ހަށިގަނޑު އާދަވެފައި ހުންނަ މިންވަރަށް ވުރެ އިތުރަށް ބޮވުމުން ނުވަތަ އާދަކޮށް ބޯ ވަގުތަށް ސައި ނުލިބުމުން ބޮލުގައި ރިއްސައެވެ. އަދި މާގިނައިން ސައިބުއިމަކީ މީހާ ކެފެއިންއަށް ދެވިހިފާ ކަމަކަށް ވެސް ވެގެންދެއެވެ. ހަމައެހެންމެ، ބައެއް ބާވަތްތަކުގެ ބޭސް ބޭނުންކުރާ މީހުން މާގިނައިން ސައިބޯނަމަ، ބޭހުގެ އަސަރު ކެނޑުމާއި ނުވަތަ ބޭހާ އެކު ނޭދެވޭ ރިއެކްޝަންތައް އުފެދުމުގެ ފުރުސަތު އޮވެއެވެ.
ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ސައިބުއިމުގައި މިންގަނޑެއް ގެންގުޅުން މުހިންމެވެ. ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ދުވާލަކު 2 ނުވަތަ 3 ތަށި ސަޔަކީ އެންމެ އެކަށީގެންވާ މިންވަރެވެ. އަދި ކެއުމުގެ އެއް ގަޑިއިރު ކުރިން ނުވަތަ ފަހުން ސައިބުއިމަށާއި، ނިދުމުގެ ތިން ހަތަރު ގަޑިއިރު ކުރިން
ސައިބުއިން ހުއްޓާލުމަށް ސަމާލުކަން ދޭންޖެހެއެވެ. އޭރުން ސައިގެ ސަބަބުން ލިބޭ ހިތްހަމަޖެހުމާއެކު ސިއްހީ ރައްކާތެރިކަން ވެސް ކަށަވަރު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު