އެމްޑީޕީގެ ފެށުމުއްސުރެ މިއަދާ ހަމައަށްވެސް އެ ޕާޓީގެ ސިޔާސީ ޖޯޝާއި ފޯރި އުފެދިގެން އަންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) އާއެކު ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު އަހްމަދު ޝަފީގް (ސައްޕެ) ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައްޕެ ވިދާޅުވީ، އެމްޑީޕީގެ "ރަންރީދޫ ލަސްކަރުގެ" ހިތްވަރާއި ފަންވަރު ފެނިގެންދާނީ ރައީސް ނަޝީދާއެކު ކަމަށެވެ. އަދި އެމްޑީޕީއަކީ ބާރުހުރި ވަރުގަދަ ސިޔާސީ ޕާޓީއަކަށް ވެގެންދާނީ ވެސް އެމަނިކުފާނާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސައްޕެ އިތުރަށް ވިދާޅުވީ، "މިއަދު އަނެއްކައިވެސް މިފެންނަނީ އަންނި އާއެކު އެމްޑީޕީ ބަހާރު މޫސުމެއްގެ ތެރެއަށް ވަދެގެންދާ އުފާވެރި މަންޒަރު. ރަންރީދޫ ލަސްކަރަށް ރޯޝަންކަމާ އުޖާލާކަން ލިބިގެންދާ މަންޒަރު،" ކަމަށެވެ.
ސައްޕެ މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕަރސަން އިންތިހާބާ ގުޅިގެން، އެ ޕާޓީގެ އެތެރޭގެ މަސްލަހަތު އަނެއްކާވެސް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
މި އިންތިހާބުގައި ޖުމުލަ 3 ކެނޑިޑޭޓަކު ބައިވެރިވާ ކަމުގައި ވީނަމަވެސް، އެންމެ ފޯރިގަދަކޮށް ކެމްޕޭން ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

ކިޔުންތެރިންގެ ހިޔާލު