ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްބޭފުޅުން މަޖިލީހުގައި
ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްބޭފުޅުން މަޖިލީހުގައި
ރެސްޓޯރެންޓް/ކެފޭ ވިޔަފާރިކުރާ ފަރާތްތަކުގެ ހާލަތު ދެނެގަތުމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ސާވޭއެއް ފަށައިފިއެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ރޭމްއިން ބުނީ މި ސާވޭގެ މަޤްޞަދަކީ ރެސްޓޯރެންޓް/ކެފޭ ފަދަ މިސިނާޢަތާ ގުޅުންހުރި ވިޔަފާރިތައް މިވަގުތު ތަހައްމަލު ކުރަމުންދާ ދަތިތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުންކަމަށެވެ. އެ އެސޯސިއޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މި ސާރވޭ އަކީ ވަރަށް މުހިންމު ސާރވޭއެކެވެ. އެގޮތުން 40 އަށް ވުރެ ގިނަ ސުވާލު ހިމަނާފައިވާ މި ސާރވޭ ފޯމްގައި މިދާއިރާގެ ތަކްލީފްތައް ދިރާސާކޮށްލަން ފަސޭހަވާނެ ގޮތަށް ވަރަށް ތިލަކޮށް ހުރިހާ ދާއިރާއަކުން ސުވާލު ހިމަނާފައިވާނޭކަމަށް ރޭމްއިން ބުނެއެވެ.

ރޭމް އިން ބުނާގޮތުގައި މި ސާރވޭގެ ބޭނުމަކީ މިސިނާޢަތު އަލުން ކޮޅަށް ޖެހުމަށް ބޭނުންވާ އިލްމީ މައުލޫމާތު ހޯދުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިސިނާޢަތާ ގުޅުންހުރި ކަންކަމުގައި އެހީ ހޯދުމަށްދާއިރު ހާލަތު ނިޔާކުރާގޮތުގެ ތެދު މައުލޫމާތު ތަކެއް ހޯދުމެވެ.



ރޭމްއިން ބުނާގޮތުން ކޮވިޑްގެ މި ހާލަތުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ރެސްޓޯރެންޓް/ކެފޭ ސިނާއަތަށްކަމަށާއި މާގިނަ ދުވަހު މިހާލަތު ކުރިޔަށްދާނަމަ އެސިނާއަތަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެކަމަށެވެ.

"މިސަރވޭ ކުރަމަށް މި އެސޯސިއޭޝަންގެ ފަރާތުން މިވަނީ ވަރަށް ގިނަ ސުވާލުތަކާއި ކަންބޮޑުވުންތަކަށް އެޑްރެސްވާ ގޮތަށް ސާރވޭ ފޯމެއް ތައްޔާރުކޮށްފަ. މި އެސޯސިއޭޝަނުގެ ފަރާތުން މިއަދު މިދަނީ މި ގޫގުލް ފޯމް އެކުވެރި ވިޔަފާރި ކުރާ ފަރާތްތަކާއި ހިއްސާކުރަމުން. އެނގިވަޑައިގަންނަވާނެ ފަދައިން މި އެސޯސިއޭޝަން އަކީ މި ސިނާޢަތުގެ ހުރިހާ ވިޔަފާރިތަކެއް ހިމާޔަތްކޮށް ދިނުމަށް ބޭނުންވާ މިދާއިރާ ތަރައްޤީ ކޮށްދިނުމަށާއި އެކިގޮތްގޮތުން މިދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެސޯސިއޭޝަނެއް. އަޅުގަނޑުމެން ބޭނުންވަނީ މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގައި އެންމެން އެކުގައި އަތާއި އަތްގުޅާލައިގެން ބަދަހިކަންމަތީގައި މަސައްކަތްކުރުން." ހާމިދު އަފީފު، ރޭމްގެ ރައީސް ވިދާޅުވިއެވެ.

ރޭމް އިން ބުނެފައިވަނީ މިސާރވޭގައި މިދާއިރާގައި ވިޔަފާރި ކުރާ ކުދި ބޮޑު އެންމެހާ ތަނެއް ޝާމިލް ކުރަން ބޭނުންވާކަމަށެވެ. ރޭމްއިން ބުނީ މި ސާރވޭ ގެ ސުންގަޑި އަކީ މާދަމާގެ މެންދުރު 12:00 ގަޑި ސުންމިނެޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން