އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވަނިކޮށް، ކުރީގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބްދުލް ލަތީފް އަދި ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުލާ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރަން ނިންމަވައި އެކަން ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.
މިފަދަ ނިންމެވުމެއް ނިންމެވިކަން ހާމަކުރެއްވީ އެ ބޭފުޅުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށެވެ. މިއީ ކުރިއަށް އޮތް ބޮޑު އިންތިހާބަށް ސިޔާސީ މަސްރަހު ބަދަލުވަމުންދާ ކަމުގެ ބޮޑު ނިޝާނެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
މި ނިންމެވުމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރައްވަމުން ކުރީގެ މެންބަރު ޔާސިރު ވިދާޅުވީ، މިހާރު ކަންކަން ހިނގަމުންދާ ގޮތުން ކޮންމެވެސް ކަމެއް ގޯސްކޮށް އުޅޭކަން އެނގޭ ކަމަށާއި، މިހާރު ބޭނުންވަނީ ބޮޑު ބަދަލެއް ކަމަށެވެ.
"ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" މި ޝިއާރުގެ ދަށުން ކުޅުދުއްފުށީގެ ތަރައްގީއަށް އެންމެ އެދެވޭ ބާރުމިނެއްގައި މަޝްރޫއުތައް ކުރިއަށްދާނީ ރައީސް ނަޝީދުގެ ހަރުދަނާ ސިޔާސަތުތަކާއެކު ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
މި ބަދަލާއެކު ކުޅުދުއްފުށި ސިޓީގެ މެޖޯރިޓީ ސިޔާސީ ފިކުރު ރައީސް ނަޝީދުގެ ކެމްޕޭނާ ދިމާލަށް މިސްރާބު ޖަހާފައިވާކަން މިހާރު ވަނީ ސާފުވެފައެވެ.

Yes, all we might know is that something isn’t right, something needs to be changed. A big change. Kuriah Kuriah Baarah Kuriah Deputy Mayor. https://t.co/Iuaup7myE3
— Yasir Abdul Latheef (@YasirLathyf) May 24, 2026
މި ނިންމެވުމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރައްވަމުން ކުރީގެ މެންބަރު ޔާސިރު ވިދާޅުވީ، މިހާރު ކަންކަން ހިނގަމުންދާ ގޮތުން ކޮންމެވެސް ކަމެއް ގޯސްކޮށް އުޅޭކަން އެނގޭ ކަމަށާއި، މިހާރު ބޭނުންވަނީ ބޮޑު ބަދަލެއް ކަމަށެވެ.
"ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" މި ޝިއާރުގެ ދަށުން ކުޅުދުއްފުށީގެ ތަރައްގީއަށް އެންމެ އެދެވޭ ބާރުމިނެއްގައި މަޝްރޫއުތައް ކުރިއަށްދާނީ ރައީސް ނަޝީދުގެ ހަރުދަނާ ސިޔާސަތުތަކާއެކު ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
މި ބަދަލާއެކު ކުޅުދުއްފުށި ސިޓީގެ މެޖޯރިޓީ ސިޔާސީ ފިކުރު ރައީސް ނަޝީދުގެ ކެމްޕޭނާ ދިމާލަށް މިސްރާބު ޖަހާފައިވާކަން މިހާރު ވަނީ ސާފުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު