އިސްރާއީލާއި އެމެރިކާއަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވެ، އީރާނުގެ ރައްޔިތެއް ކަމަށްވާ މުޖްތަބާ ކިއާން އާދިއްތަ ދުވަހު ދަންޖައްސައި މަރުގެ އަދަބު ތަންފީޛުކޮށްފިއެވެ. އޭނާގެ މައްޗަށް މި ހުކުމް އައީ އިސްރާއީލާއި އެމެރިކާއާއެކު ހިނގި ހަނގުރާމައިގެ ދުވަސްވަރު ޖާސޫސްކުރި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
އީރާނުގެ ޝަރުޢީ ދާއިރާގެ ޚަބަރުތައް ފަތުރާ "މީޒާން އޮންލައިން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކިއާން ވަނީ "ޒަޔަނިސްޓް-އެމެރިކާގެ ދުޝްމަނުންނާ" ގުޅުންހުރި ނެޓްވޯކްތަކަށް ގިނަ މެސެޖުތަކެއް ފޮނުވާފައެވެ. މީގެ ތެރޭގައި އީރާނުގެ ދިފާޢީ ސިނާޢަތްތަކަށް ބޭނުންވާ ސާމާނު އުފައްދާ މަރުކަޒުތަކުގެ ކޯޑިނޭޓްސްތަކާއި، ޤައުމުގެ ސަލާމަތާ ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ.
އެ ނޫސް ވެބްސައިޓުގައިވާ ގޮތުން، ކިއާން ހައްޔަރުކުރިތާ 50 ދުވަސްވެސް ނުވަނީސް އޭނާގެ މައްޗަށް މަރުގެ އަދަބު ވަނީ ތަންފީޛުކޮށްފައެވެ. އަދި މަރުގެ އަދަބު ތަންފީޛުކުރުމުގެ އިތުރުން، އޭނާގެ މިލްކިއްޔާތުގައި ހުރި ހުރިހާ މުދަލެއް ދައުލަތަށް ހިފެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ހާމަކުރާ ގޮތުގައި، ދުނިޔޭގައި ޗައިނާ އަށް ފަހު އެންމެ ގިނައިން މަރުގެ އަދަބު ތަންފީޛުކުރާ ޤައުމަކީ އީރާނެވެ. އިންސާނީ ޙައްޤުތަކާ ބެހޭ ޚަބަރު ފަތުރާ އެޖެންސީއެއް ކަމަށްވާ "ހަރާނާ" އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، 2025 އާއި 2026 އާ ދެމެދު އެކަނިވެސް ސިޔާސީ އަދި ސަލާމަތީ ކުށްތަކުގައި އީރާނުން މަދުވެގެން 52 ގައިދީއަކަށް މަރުގެ އަދަބު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު