ޗައިނާގެ ޝަންޒީ ޕްރޮވިންސްގެ ލިއުޝެންޔޫ ގޭސް މައިނުގައި ހިނގި ނުރައްކާތެރި ގޮވުމުގެ ހާދިސާއާ ގުޅިގެން، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގްއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސް ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހާދިސާގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް އެކިވަރުގެ އަނިޔާލިބިފައިވާތީ، އެކަމުގެ ފުން ހިތާމަ ފާޅުކުރައްވާފައިވާ ކަމަށެވެ.
"ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފައެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޗައިނާގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރަށްވައި، ހާދިސާގެ އަސަރު ކުރި ފަރާތްތަކަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާން ކުރަށްވާފައިވެއެވެ.
ޗައިނާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހާދިސާގައި 80 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، 130 ހަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އޭގެ އިތުރުން މިހާދިސާ ހިނގިއިރު 247 މީހަކު މައިނު ގޮވި ސަރަހައްދުގައި މަސައްކަތު އުޅުނުކަމަށް ޗައިނާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު