އިންޑިއާގެ ތަމަޅަ ފިލްމީ ތަރި ޖޭ، އިސްލާމްދީން ގަބޫލުކޮށްފިކަން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.
މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނި ގޮތުގައި، މިސްކިތުގެ ތެރެއިން އޭނާއަށް ހަގީގީ ހަމަޖެހުމާއި، ހަމަހަމަކަމާއި އަދި އިހުތިރާމް ލިބިފައިވެއެވެ.
އޭނާގެ ކުރީގެ ދިރިއުޅުމުން ހިތުގެ ހަމަޖެހުމެއް ނުލިބުނު ނަމަވެސް، މިސްކިތަކަށް ވަނުމަށްފަހު އޭނާގެ ވިސްނުން މުޅިން ބަދަލުވެގެންދިޔައީ އެއްވެސް ތަފާތުކުރުމެއް ނެތި އެންމެން އެއް ސަފެއްގައި އަޅުކަން ކުރަން ތިބޭ މަންޒަރު ފެނުމުންނެވެ.
ޖޭ އިތުރަށް ފާހަގަކުރި ގޮތުގައި، އޭނާއަކީ މަޝްހޫރު ސެލެބްރިޓީއަކަށް ވީތީ މިސްކިތުގެ ތެރެއިން އެއްވެސް މީހަކު އޭނާއަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެންމެންނާ މެދުވެސް އަމަލުކުރީ ހަމަހަމަކަމާއެކުގައެވެ.
މިކަމަކީ އޭނާގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރި ކަމެއް ކަމަށް ވެސް ޖޭ ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާގެ ނަން "އަޒީޒް ޖޭ" ގެ ނަމަށް ބަދަލުކުރުމަށް ވިސްނަމުންދާ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.
އެކްޓަރު ޖޭ އަކީ 2002 ވަނަ އަހަރު ނެރުނު މަގްބޫލު ފިލްމު "ބަގަވަތީ" ގައި އިންޑިއާގެ ތަމަޅަނާޑޫގެ މިހާރުގެ ޗީފް މިނިސްޓަރު، މަޝްހޫރު އެކްޓަރު ޖޯސެފް ވިޖޭ ކުޅުނު ކެރެކްޓާގެ ކޮއްކޮގެ ރޯލުން ބޮޑު މަޝްހޫރުކަމެއް ހޯދި ތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު