ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެބޯލާ ވައިރަހާ ގުޅިގެން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު، އަވަށްޓެރި ސްރީލަންކާ އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާއިރު، މިއީ ދިވެހިރާއްޖެއިން ވެސް ނުހަނު ސީރިއަސްކޮށް ވިސްނަންޖެހޭ އަދި ބަލީގެ ނުރައްކާ އޮތް މިންވަރާ މެދު ސަމާލުވާންޖެހޭ ކަމެކެވެ.
ރާއްޖެއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މަންޒިލަކަށް ވެފައި، ދުނިޔޭގެ އެކި ކޮޅުކޮޅުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ގައުމަކަށް ވުމުން، މިފަދަ ނުރައްކާތެރި ވައިރަހެއް ގައުމަށް އެތެރެވުމުގެ ފުރުސަތު އެއްކޮށް ނެތްކަމަކަށް ނުބެލެވޭނެއެވެ.
ލަންކާ އިން މިހާރުވެސް އެއާޕޯޓުތަކުގެ ފާރަވެރިކަން ވަރުގަދަކޮށް، ބަލި ފެތުރޭ އެފްރިކާގެ ގައުމުތަކުން އަންނަ ފަސިންޖަރުން ސްކްރީން ކުރަން ފަށާފައިވާ ފަދައިން، ދިވެހި ސަރުކާރުން ވެސް ބޯޑަރު ކޮންޓްރޯލް ކުރުމާއި ރާއްޖެ އެތެރެވާ ދޮރާށިތަކުން ބަލި މީހުން ދެނެގަތުމުގެ ނިޒާމުތައް ހަރުދަނާ ކުރަންޖެހެއެވެ.
މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ސިއްހީ ދާއިރާގެ އިދާރާތަކުން، ހާއްސަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި ކަމަށް ދުރާލާ ތައްޔާރުވެ، ސީރިއަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. މީގެ ތެރޭގައި އެއާޕޯޓުތަކާއި ބޯޑަރުތަކުގައި މަސައްކަތްކުރާ އިމިގްރޭޝަން އަދި ސިއްހީ އޮފިޝަލުން ހޭލުންތެރިކުރުވުމާއި، ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަމަލުކުރާނެ ހާއްސަ ޕްރޮޓޮކޯލްތައް ތައްޔާރުކުރުން ހިމެނެއެވެ.
އަދި ހޮސްޕިޓަލްތަކުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމުތަކާއި، ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ހަމަކޮށް، ރައްކާތެރިކަމުގެ ގޮތުން ފަސްފަހަތަށް ނުބަލާ ފިޔަވަޅު އެޅުމަކީ ބަލިމަޑުކަމެއް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި މިވަގުތުން މިވަގުތަށް ކުރަންޖެހިފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު