ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅަކީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ސަރުކާރުން މިކަން ހާމަކުރީ މި ދަތުރުފުޅާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ތުހުމަތުތައް ދޮގު ކުރަށްވަމުންނެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމާ ބައްދަލު ކުރެއްވުމަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެފަދަ މަޢުލޫމާތެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، ނާޒިމް، ރައީސް މުޢިއްޒާ ވާހަކަ ދައްކަވާނެ ކަމަށް ގަބޫލުފުޅު ނުކުރަށްވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ރާއްޖޭގެ އޮންލައިން މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅަކީ އާއިލީ ޗުއްޓީއެއް ކަމަށާއި، ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގެ ބޭނުމަކީ މަސައްކަތުން ބޭރުގައި އާއިލާއާއެކު ވަގުތު ހޭދަކުރެއްވުން ކަމަށް މުންދު ވިދާޅުވެފައިވާއިރު، ނާޒިމް މިހާރު ހުންނެވީ މެލޭޝިއާގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރައީސްގެ ސިންގަޕޫރު ދަތުރުފުޅާ ގުޅިގެން ތަފާތު އަޑުތަކެއް ފެތުރެމުންދާއިރު، ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވެފައިވަނީ، ނާޒިމް ވަކިކުރަން ހުށައެޅީ އިސްތިއުފާ ދޭން އަންގައި އެކަމަށް އިޖާބަ ނުދިނުމުން ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރަން ޕީއެންސީގެ މެންބަރުން މަސައްކަތްކުރަނީ، ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރަށްވައި، ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުއްވާތީ ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ޕީއެންސީން ވަނީ އެކަން ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު