އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ވެރިންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އަޒަރުބައިޖާންގެ ރައީސް، އިލްހާމް ހައިދަރު އޮގްލޫ އަލިޔެވް އަދި އެ ޤައުމުގެ ބޮޑުވަޒީރު، ޢަލީ ހިދާޔަތު އޮގްލޫ އަސަދޮވް އަށް ވަކިވަކިން ތަހުނިޔާގެ ސިޓީފުޅުތައް ފޮނުއްވާފައެވެ.
ރައީސް އަލިޔެވް އަށް ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 20 އަހަރު ފުރުމުގެ މުނާސަބާ ކުޑަތަންވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ އިތުބާރާއި ހަރުދަނާ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުވަޒީރު އަސަދޮވް އަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ސާބިތު ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދެ ޤައުމުން ހިއްސާކުރާ ފަހުމުތަކާއި އެކުގައި މަސައްކަތްކުރުމަށް ދޭ އަހުމިއްޔަތުގެ ސަބަބުން މި ގުޅުން ވަރުގަދަވާކަން ފާހަގަކުރައްވައި، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުން އިތުރުވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އަޒަރުބައިޖާން މިނިވަންވި ފަހުން އެ ޤައުމުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އެ ޤައުމުގެ ތަރައްޤީ ބައްޓަންކުރަމުންދަނީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައިވަނީ އަޒަރުބައިޖާންގެ ވެރިންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ފާގަތިކަމަށް އެދިވަޑައިގެން ހެޔޮދުޢާ ކުރައްވާފައެވެ.
އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ގޮތުގައި މޭ މަހުގެ 28 ވަނަ ދުވަސް ފާހަގަކުރަނީ، 1918 ވަނަ އަހަރުގެ އެ ތާރީޚުގައި 'އަޒަރުބައިޖާން ޑިމޮކްރެޓިކް ރިޕަބްލިކް' ޤާއިމުކުރި މުނާސަބަތާ ގުޅުވައިގެންނެވެ.

On the joyous occasion of Azerbaijan’s Independence Day, I wish to extend my heartfelt felicitations to His Excellency President Ilham Heydar oglu Aliyev @presidentaz, His Excellency Prime Minister Ali Hidayat oglu Asadov, the Government, and the people of Azerbaijan. Azerbaijan… pic.twitter.com/BjxSsoXGEq
— Dr Mohamed Muizzu (@MMuizzu) May 28, 2026
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައިވަނީ އަޒަރުބައިޖާންގެ ވެރިންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ފާގަތިކަމަށް އެދިވަޑައިގެން ހެޔޮދުޢާ ކުރައްވާފައެވެ.
އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ގޮތުގައި މޭ މަހުގެ 28 ވަނަ ދުވަސް ފާހަގަކުރަނީ، 1918 ވަނަ އަހަރުގެ އެ ތާރީޚުގައި 'އަޒަރުބައިޖާން ޑިމޮކްރެޓިކް ރިޕަބްލިކް' ޤާއިމުކުރި މުނާސަބަތާ ގުޅުވައިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު