ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ، އިނގިރޭސި ފުޓްބޯޅަ ކްލަބް އާސެނަލްގެ ތީމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކުރުތާއެއްގައި މިއަހަރުގެ އަޟްޙާ އީދު ނަމާދުގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
ނިއުޔޯކްގެ "ލިޓްލް ބަންގްލަދޭޝް" ގެ ގޮތުގައި މަޝްހޫރު ބްރޮންކްސް ސަރަހައްދުގައި ބޭއްވި މި އީދު ނަމާދަށް މަމްދާނީ ވަޑައިގަތީ އާސެނަލް ކްލަބުގެ "އެމިރޭޓްސް ފްލައި ބެޓާ" ބްރޭންޑިންގް ހިމެނޭ، ތަފާތު ފަރުމާއެއްގެ ކުރުތާއެއްގައެވެ. މި ހެދުމުގެ ގިރުވާނާއި އެމްބްރޮއިޑަރީ މަސައްކަތްތަކުގެ ސަބަބުން މިއީ ދެކުނު އޭޝިއާގެ ސަގާފީ ކުރުތާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާއިރު، ބައެއް ފަރާތްތަކުން ވަނީ މިއީ ގަލްފު ސަރަހައްދުގެ "ތައުބް" ނުވަތަ "ކަންދޫރާ" އަކާ އެއްގޮތް ހެދުމެއް ކަމަށްވެސް ފާހަގަކޮށްފައެވެ.
ޔޫގަންޑާގެ އިންޑިއާ ދަރިކޮޅުގެ އާއިލާއަކަށް އުފަން މަމްދާނީ ބުނި ގޮތުގައި، އޭނާއަކީ އާސެނަލްގައި ކުޅުނު އެފްރިކާގެ ކުޅުންތެރިންގެ ސަބަބުން އެ ކްލަބަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ މީހެކެވެ. މަމްދާނީގެ އިންސްޓަގްރާމް ޕޯސްޓަށް 1.2 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، އެކްސްގައި 8 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ފޮޓޯތައް ބަލާފައެވެ.
މި ރަސްމިއްޔާތުގައި މަމްދާނީއާ އެކު ކޮންގްރެސް މެންބަރު އެލެކްސެންޑްރިއާ އޮކާސިއޯ-ކޯޓޭޒް (އޭ.އޯ.ސީ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތީ ހިޖާބެއް އަޅުއްވައިގެންނެވެ. ކެތޮލިކް ދީނަށް ތަބާވާ އޭ.އޯ.ސީ ހިޖާބު އެޅުއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އޭނާއަށް އަމާޒުވެފައެވެ.
ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ މަންފާއަށްޓަކައި އޭނާ ގެންގުޅުއްވާ "ދެފުށްގެއްލޭ" ސިޔާސަތެކެވެ. ހާއްސަކޮށް ކޮންޒަވޭޓިވް ފިކުރުގެ މީހުންގެ މެދުގައި މިކަމާ ގުޅިގެން ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، އީރާނު ފަދަ ޤައުމުތަކުގައި ހިޖާބާ ދެކޮޅަށް އަންހެނުން އަޑުއުފުލަމުންދާއިރު، އެމެރިކާގެ ލިބަރަލް ސިޔާސީ ބޭފުޅަކު މި ހެދުން "ފެޝަނެއް" ނުވަތަ "ސިޔާސީ އާލާތެއް" ގެ ގޮތުގައި ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މިއީ ހަމައެކަނި ދީނީ ފާހަގަކުރުމެއްގެ އިތުރުން، އެމެރިކާގެ ސިޔާސީ މަޝްރަހުގައި އޮތް ސަޤާފީ އަދި ފިކުރީ ތަފާތުވުންތައް ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި މިހާރު ވަނީ ބެލެވެން ފަށާފައެވެ. އޭ.އޯ.ސީ އާއި މަމްދާނީއަކީ އެމެރިކާގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ދެ ބޭފުޅުންނަށް ވާއިރު، މި ފޮޓޯތަކުން އުފެދުނު ބަހުސް އަދިވެސް ދަނީ ހޫނުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު