ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު (ވ) އާއި އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް (ކ)
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު (ވ) އާއި އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް (ކ)
ޝުޖާއުއާއި ޖެހިގެން ޖަލުގައި އޮންނާނީ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމްކަމަށް ވިދާޅުވެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު އާޒިމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީން ނެރޭ ޚަބަރު ސިޓީގެ 8 ވަނަ ޢަދަދުގައި ޢަލީ އާޒިމް ލިޔުއްވާފައިވާ ލިއުއްވުމެއްގައި ވަނީ، އިދިކޮޅުން ގެންގުޅޭ "އިންޑިއާ އައުޓް" ޝިޢާރަކީ އެ ޕާޓީގެ މެމްބަރުން ގުނބޯ ހެއްދުމަށް ގެންގުޅޭ ޝިޢާރެއް ކަމަށާއި، މިއީ ކުރީސަރުކާރުގައި ކޮރަޕްޝަން ހިންގި ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްދާން ޖެހިދާނެތީ ކިޔަމުންދާ ފަރިއްސެއްކަމަށެވެ.

ޢާޒިމްގެ ލިޔުއްވުމަށް ރައްދުދެއްވައި ޝުޖާއު ވިދާޅުވީ އާޒިމް ވިދާޅުވާހެން މިއުޅެނީ ޖަލަށް "އިން" ނުވެވިގެން ކަމަށާއި، ޖަލުގައި އޭނާއާއި ޖެހިގެން އޮންނާނީ އާޒިމް ކަމަށެވެ. އަދި އެކަން ސާފުވެއްޖެތޯވެސް ޝުޖާއު ވަނީ އާޒިމާ ސުވާލު ކުރަށްވާފައެވެ.

ޝުޖާއު މިގޮތަށް ވިދާޅުވިއިރު އާޒިމްގެ ލިޔުމުގައި ޝުޖާއުގެ ނަން ގެންނަވާފައެއް ނުވެއެވެ. ނަމަވެސް އާޒިމް ވިދާޅުވެފައިވަނީ، "އަދުރޭ، ސަޢީދު، ޣައްސާން، މުންދު، ޝިޔާމް، ނިހާން، ރިޔާޒް ރަޝީދު، އަދި ޢަލީ އާރިފްމެން ފަދަ މީހުންނާއި ގުޅޭ ތަޙުޤީޤުތައް ކަމާގުޅޭ އިދާރާތަކުގައި ދަނީ ކުރިއަށެވެ. މިކަމުން ސަލާމަތްވާން ވެގެން ޤައުމު ހަލަބޮލިކޮށް، އެކުވެރި ޤައުމުތަކާ ރާއްޖެއާ ޖައްސައި ވެރިކަމުގެ މިސްރާބު ބަދަލުކޮށްލެވޭތޯ މަރުފައި ޖަހަނީއެވެ. މިއުޅެނީ "އިންޑިއާ އައުޓް" ނުވެގެނެއް ނޫނެވެ. މިއުޅެނީ ކުށް ސާބިތުވެ ޖަލުގެ ތޭރިތަކުގެ ތެރެއަށް "އިން" ވެދާނެތީ އެކަމާ ގަންނަ ބިރުން" ކަމަށެވެ.

އެހެންކަމުން އާޒިމްގެ މިވާހަކަތަކަށް ޝުޖާއު ރައްދު ދެއްވުމުން މިއީ ކުރީ ސަރުކާރުގެ ވެރިންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލާގައި ބައިވެރިވެވިފައިވާ ކަމަށް ޝުޖާއަށް ވެވުނު އިއުތިރާފެއްތޯ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ސުވާލުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހަސަނު

19-Oct-2020

ދަލުބޭރުން ޖެހި އަމިއްލަޔަސް އެއްބަސް ވެވިފަ ތިޔަ އޮތީ ސުޖާބޭ


-3

ޒަރީރު

19-Oct-2020

އަސްލުވެސަ މިހާރު ސުޖާ ތިޔަ ވަނީ މާ ރަނގަޅަށް ވެސް ކޮރަޕްޝަން ފައިސާ ބޭނުން ކުރެއްވި ކަމަށް އެއްބަސްވެވިފަ ދެން ކީކޭ ޕީޕީ ކުދިން ކިޔަން އޮތީ



ޓްރެންޑިން