ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ، މި މަހުގެ 31 ވާ އާދިއްތަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށް، އެކަން މެންބަރުންނަށް މިހާރު ވަނީ އަންގަވާފައެވެ.
މަޖިލީހުގެ ރައީސް ރިޔާސަތު ބަލަހައްޓަވާ މި ޖަލްސާގައި، ނާޒިމް މަގާމުން ވަކިވާނީ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން އެ ގަރާރު ފާސްވުމުންނެވެ. މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، މި މަހުގެ 14 ގައި ޗުއްޓީއަށް ދާން އޮތް މަޖިލީހުގެ މި ދައުރު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ނާޒިމަށް ދީފައިވާ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު މޭ 29 ވާ ހުކުރު ދުވަހަށް ހަމަވާއިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ނޯޓިސް ހަމަވުމަށްފަހު ބާއްވާ ފުރަތަމަ ރަސްމީ ޖަލްސާ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
ވެރިކަންކުރާ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު މި މަހުގެ 14 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި މައްސަލައަކީ ސިޔާސީ ގޮތުން ބޮޑު ހަލަބޮލިކަމެއް އުފެދިފައިވާ ކަމެކެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނާޒިމް ނުހިމެނޭހެން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގައި 72 މެންބަރުން ތިއްބެވިއިރު، އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވުމަށްޓަކައި މާލޭގައި މަޑުކުރުމަށް ޕާޓީގެ މެންބަރުންނަށް މިހާރު ވަނީ އަންގާފައެވެ.
ޕީއެންސީގެ އިސް ބޭފުޅަކު ހާމަކުރެއްވި ގޮތުގައި، ނާޒިމް މަގާމުން ވަކިކުރަން ހުށަހެޅީ އަމިއްލައަށް އިސްތިއުފާ ދެއްވުމަށް އެންގުމުން އެކަމަށް އިންކާރު ކުރެއްވުމާ ގުޅިގެންނެވެ. ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތު ކުރާ ގޮތުގައި، ނާޒިމް ގެންދަވަނީ ޕާޓީގެ 23 މެންބަރަކާއެކު ޕާޓީ ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ސިއްރިއްޔާތުގައި މަސައްކަތް ކުރައްވަމުންނެވެ.
މި ދަނޑިވަޅާ ދިމާކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސިޔާސީ މަސްރަހު އިތުރަށް ހޫނުކޮށްލާފައެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މި އަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްވާނެއެވެ.
އެހެންކަމުން، އަންނަ އާދިއްތަ ދުވަހުގެ ޖަލްސާއަކީ ޕީއެންސީގެ ތެރޭގައި އުފެދިފައިވާ ކަމަށް ބުނާ ރޫޅުންތަކާއި، ސަރުކާރާ ދެކޮޅަށް އެތެރެއިން ވޯޓެއް ލިބިދާނެތޯ ބެލުމަށް މުޅި ގައުމު ސަމާލުވެގެން ތިބި ނުހަނު މުހިންމު ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު