ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފައިވާ ކަމަށެވެ. ރައީސް ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަކީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަޟްޙާ ޢީދަށް ސަރުކާރު އޮފީސްތައް ހަފްތާއެއްހާ ދުވަހަށް ބަންދު ކުރުމަށްފަހު މާދަމާ ރަސްމީކޮށް ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތްތައް ފަށާނެއެވެ. އަދި ހަމައެއާއެކު މާދަމާ ހެނދުނު 9:00 އަށް މަޖިލީހުގެ ގޭގައި މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމުގެ ހައްސާސް މައްސަލަވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
ރައީސްގެ ޗުއްޓީ ދަތުރުފުޅާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމާ ބައްދަލު ކުރެއްވުމަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެފަދަ މަޢުލޫމާތެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެފައިވަނީ، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު