ދުންފަތާއި ނިކޮޓިންގެ ނުރައްކާތެރި ވަބާއިން ދިވެހި ރައްޔިތުން، ޚާއްޞަކޮށް ޒުވާން ޖީލުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ވަނީ ވަރުގަދަ އަޒުމެއް ކަނޑައަޅާފައި ކަމަށެވެ. އެގޮތުން، ޒުވާނުން ދުންފަތުގެ ނުރައްކަލަށް ހުށަހެޅުން ހުއްޓުވުމަށްޓަކައި ރާއްޖޭގައި އީ-ސިނގިރޭޓާއި ވޭޕް ބޭނުންކުރުން މަނާކުރުމަށް ނިންމެވި ނިންމެވުމަކީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ "ޖެނެރޭޝަނަލް ބޭން" ނުވަތަ ދުންފަތް މަނާކުރާ ވަކި ޖީލެއް ކަނޑައެޅި ދުނިޔޭގެ ފުރަތަމަ ގައުމަށް ވުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ. މި އަމާޒުގެ އެންމެ ބޮޑު ބޭނުމަކީ ކުރިމަތިލާން އޮތް ޖީލުތަކަކީ ދުންފަތުގެ ވަބާއިން މުޅިން ސަލާމަތްވެފައިވާ، ހަށިހެޔޮ ބައެއްގެ ގޮތުގައި ބިނާކުރުމެވެ.
މިއަދު ދިމާވަމުންދާ އާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށްގެން ބާޒާރަށް ނެރެމުންދާ ތަފާތު ރަހަތައް އެކުލެވޭ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކުރިއަށްގެންދާ އިޝްތިހާރުތަކަކީ މިއަދު ކުރިމަތިވެފައިވާ އާ ނުރައްކާތަކެއް ކަމަށެވެ. މިފަދަ ކަންކަމަށް ސަރުކާރުން ސަމާލުވެ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެ އާދަ ދޫކޮށްލުމަށް ހިތްވަރު ދެއްވަމުން، އެމަނިކުފާނު ވިދާޅުވީ ދުންފަތް ހުއްޓާލުމަށް އެހީތެރިވެދޭ "ސެސޭޝަން ސާވިސް" ނުވަތަ ފަރުވާގެ ހިދުމަތްތައް ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ ތަންތަން އިތުރުކުރުމަކީވެސް ސަރުކާރުގެ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ ގައުމީ މަސައްކަތުގައި، ހުރިހާ ރައްޔިތުން އެކުގައި އަތްގުޅާލައިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު