މިދިޔަ އީދު ބަންދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އާއިލާއާ އެކު ވަގުތު ހޭދަކުރެއްވުމަށް ކުރެއްވި އަމިއްލަފުޅު ދަތުރުފުޅެއް ކަމަށާއި، އެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގައި އޭރު ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އާއި ބައްދަލުކުރަށްވާފައި ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި މީޑިއާ ބްރީފިންގައި ރައީސް މިކަން ހާމަކުރެއްވީ، އެ ދަތުރުފުޅާ ގުޅޭގޮތުން ސިޔާސީ ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ނިންމުމާ އެކު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި، ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ ނާޒިމާއި މަޝްވަރާކުރަށްވަން ކަމަށް ބުނެ ފެތުރި ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެއީ ހަގީގަތާ ހިލާފު، "ދޮގުގެ ވެސް އެހެން ލެވެލްއެއް" ކަމަށެވެ.
ރައީސް ވިދާޅުވީ، އެ ދަތުރުފުޅުގައި އެމަނިކުފާނު ހޭދަކުރެއްވީ އާއިލާއާ އެކު ކަމަށާއި ނާޒިމާއި އެއްވެސް ބައްދަލުވުމެއް ނުވަތަ މަޝްވަރާއެއް ބޭއްވުމުގެ ވިސްނުންފުޅެއް ވެސް ނުގެންގުޅުއްވާ ކަމަށެވެ. އަދި މި ވާހަކަތަކަކީ ބުހުތާނު ދޮގަށް ވުރެވެސް މައްޗަށް ގޮސްފައިވާ ދޮގުތަކެއް ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ނުރުހުން ފާޅުކުރަށްވައިފައެވެ.
މީގެ އިތުރުން، އެ ދަތުރުފުޅަކީ އާއިލާއާ އެކު ކުރެއްވި ދަތުރެއްކަން ސާބިތުކޮށްދޭނެ އެތައް ހެކިންނެއް ތިބޭނެކަން ފާހަގަކުރަށްވައި، ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރާއި، ހައިކޮމިޝަންގެ މުވައްޒަފުން އަދި އެމްއޭސީއެލްގެ މުވައްޒަފުންގެ ނަންތައް ވެސް ރައީސް ވަނީ ހެކީންގެ ގޮތުގައި ވިދާޅުވެފައެވެ.
ހަމައެއާއެކު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މަގާމުން ވަކިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ވެސް ހަމަ އެފަދަ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު