މި މަސް ނިމޭ ހިސާބުގައި ޑޮލަރުގެ ތާށިކަމަށް ހައްލެއް ލިބި، ޑޮލަރު ދޫކުރުމުގައި މިހާރު ހުރި ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ބީއެމްއެލް އިން އިޝާރާތް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ބީއެމްއެލް އިން ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވަނީ އެ ބޭންކަށް ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅޭގޮތުން އިއްޔެ ރައީސް އޮފީހުން މައުލޫމާތު ހޯދިއިރު، މި މަސް ނިމޭ ހިސާބުން ފެށިގެން ޑޮލަރު ދޫކުރުމުގައި ބޮޑެތި ލުއިތަކެއް ދޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބީއެމްއެލް އިން ވިއްކަންޖެހޭ ޑޮލަރުގެ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން، ފާއިތުވި މަހު އެ ބޭންކުން ވަނީ ޚާއްސަލަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ތިބޭ މީހުންގެ ކާޑުތައް ބޭރަށް ގެންގޮސްގެން އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން، އީކޮމާސް ބަޖެޓް ހަމަހަމަކަމާއެކު ބޭނުންކުރުމަށްޓަކައި، ކޮންމެ ކަސްޓަމަރަކަށް މަހަކު ކުރެވޭނެ ޓްރާންސެކްޝަންގެ އަދަދު 30 އަށް ވަނީ މަދުކޮށްފައެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން ބޭންކުންވެސް ގަބޫލުކުރެއެވެ. ބޭންކުން ބުނެފައިވަނީ، ރުފިޔާ ކާޑުތަކުން ބައެއް ފަރާތްތަކުން އޮންލައިން ސައިޓްތަކުން ވިޔަފާރި ބޭނުމަށް ގިނަ އަދަދަކަށް މުދާ ގަންނަމުންދާތީ، މަދު ބަޔަކަށް ބޮޑު މިންވަރަކުން ބޭރު ފައިސާ ވިއްކަން ޖެހުމަކީ ދިމާވި ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން، ބޭންކަށް ލިބޭ ޑޮލަރު ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ދުވަހުން ދުވަހަށް ވަކި ބަޖެޓެއް ކަނޑައަޅައިގެން ޑޮލަރު ވިއްކުމަށް ވަނީ ނިންމާފައެވެ.
މި ބަދަލުތަކާއެކު، ރާއްޖޭން ބޭރުގައި އަމިއްލަ ކާޑެއް ނެތި ކިޔަވާ ކުދިންނަށް، ބެލެނިވެރިޔާގެ ކާޑުގެ ބަދަލުގައި ބޭނުންކުރެވޭނެ ހާއްސަ 'ސްޓޫޑެންޓް ކާޑު' ދޫކުރަން ވެސް ބޭންކުން ވަނީ އިއުލާން ކޮށްފައެވެ.
ރާއްޖޭގައި ޑޮލަރުގެ ތާށިކަން ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 18 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދު ހުންނަތާ މަސްތަކެއް ވެފައިވާތީ ބާޒާރުގައި ތަކެތީގެ އަގުވެސް ވަނީ އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު