ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އައްޔަނުކުރެއްވީ އެ މަގާމަށް އެންމެ އެކަށޭނެ، އަދި ކޮންޓްރޮވަރސީ ނުވަތަ މައްސަލަތައް އެންމެ ކުޑަ ބޭފުޅަކަށް ވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު ޢަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ސަލީމް ނޫން އެހެން ބޭފުޅަކު އެ ވޯޓުގައި ވާދަކުރެއްވި ނަމަ، އިންތިހާބުގެ ނަތީޖާ މިހާރަށްވުރެ ތަފާތުވީސް ކަމަށެވެ.
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި ނައިބު ރައީސްކަމުގެ މަގާމަށް، ހޯމަ ދުވަހު ބޭއްވި ވޯޓުގައި ސަލީމް ވަނީ 62 ވޯޓުން ކާމިޔާބު ހޯއްދަވާފަ އެވެ.
އޭނާއާ ވާދަކުރެއްވި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ވަކީލް ޢަލީ ހުސައިން ވިދާޅުވި އެވެ.
އަބްދުއްރަހީމް މަގާމުން ވަކިކުރުމަށް މިހާރު ފަސްޖެހެނީ، ސަރުކާރަށް ކުރިމަތިވާ ދަތި ހާލަތްތަކުގައި ސަރުކާރަށް އަންނަ ލޮޅުންތައް ކުޑަކުރުމަށް އެ މަނިކުފާނުގެ ބޭނުން ހިފޭނެތީ ކަމަށް ޢަލީ ތުހުމަތުކުރެއްވި އެވެ.
އަދި ޕާޓީގެ ފަރާތުން ފިޔަވަޅު އަޅައި މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރުސަތު ގާނޫނީ ގޮތުން އޮތްކަން ފާހަގަކުރައްވަމުން، މިހާރުގެ މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒު މެންބަރުންގެ މެދުގައި އެހާ ބޮޑު ނޫން ކަމަށްވެސް އޭނާ ސިފަކުރެއްވި އެވެ.
މަޖިލީހުގެ ތެރޭގައި ރައީސް މުއިއްޒުގެ ބާރު ކުޑަވަމުންދާތީ ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް، ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު