ކްރިމިނަލް ކޯޓު-
ކްރިމިނަލް ކޯޓު-
ދެ ކިލޯއަށްވުރެން ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ދެމަފިރިއެއްގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ އިމްރާން ޕާޝާ އާއި 27 އަހަރުގެ ކްރިސް އެމްބްރީސިޔާ އެވެ. މި ދެމަފިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

އިއްޔެ ކުރިމިނަލް ކޯޓުން ވަނީ މި ދެމީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައެވެ. ކޯޓުން މިގޮތަށް އަމުރުކުރީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދުމާ ގުޅިގެންނެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، މި ދެމަފިރިން ރާއްޖެ އައިއިރު ގެނައި ދެ ލަގެޖެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ފުޅި ވަނީ ފެނިފައެވެ. ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ފުޅިތައް ތަހުލީލުކުރިއިރު، އޭގެއިން 2.4 ކިލޯގެ ކެނަބިސް ފެނިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު