އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އިންތިހާބާ ގުޅިގެން ވާހަކަ ދައްކަވަމުން، އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވީ އެމްޑީޕީގެ ހަމަޖެހުމާއި ކާމިޔާބީ އޮތީ ރައީސް މުހައްމަދު ނަޝީދާއެކު ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ.
މީގެ ކުރިން އައު ލީޑަޝިޕަކާއި އައު ސިޔާސަތުތަކެއްގެ ދަށުން ޕާޓީ ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރެއްވި ނަމަވެސް، ޕާޓީގެ ތެރޭގައި ހިނގާދިޔަ ކަންކަމާއި މާޒީގެ ތަޖުރިބާތަކުން އެއީ ގޯސް ނިންމުމެއްކަން ސާފުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަހުގެ 12 ވަނަ ދުވަހު ބާއްވާ ޗެއާޕާސަން އިންތިހާބުގައި މޫކޭ ތާއީދު ކުރައްވަނީ ރައީސް ނަޝީދަށެވެ.
ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޫކޭ އިތުރަށް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވި ނަމަވެސް، އޭރު ޕާޓީގެ އެތެރޭގެ އިންތިޒާމުތައް މުޅިން ފުނޑުފުނޑުވެފައި އޮތުމުގެ ސަބަބުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ޕާޓީގެ ކެމްޕޭން ހިންގުމުގައި ދަތިތައް ހުރިކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ޕާޓީން ހެދި އިންކުއަރީ ރިޕޯޓުން ވެސް ފެންނަން އޮތީ ވެރިކަން ގެއްލުނީ ކުރަންޖެހޭ އަސާސީ މަސައްކަތްތައް ނުކުރެވި ހުރުމުން ކަމަށެވެ.
މީގެ އިތުރުން، މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނަތީޖާ ގޯސްވީ ޑިމޮކްރެޓްސްއާ އެކު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން ކަމަށާއި، އެކަމުގެ ސަބަބުން މަދު ވޯޓެއްގެ ފަރަގުން ގިނަ ގޮނޑިތަކެއް ގެއްލުނު ކަމަށް މޫކޭ ވިދާޅުވިއެވެ.
ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ޕާޓީ ހިންގަން މަސައްކަތް ކުރެއްވި ނަމަވެސް، ޕާޓީގެ އެހެން އިސް ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ މަސައްކަތްތަކަށް ހުރަސް އެޅުނު ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު