އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސް އެޅުމުގެ އިލޮށިފަތި ހިއްޕަވައިގެން ރައީސް ޑރ. މުޢިއްޒު ނުކުމެވަޑައިގެންފައިވާ ކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން، ދަޢުވާ އުފުލި 8 މީހެއްގެ މައްޗަށް ހިންގާ ޝަރީއަތް ބުދަ ދުވަހަށް ތާވަލު ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މޫކޭ މިއަދު ވިދާޅުވީ، ސިޔާސީ ދައުވާ ނުކުރަން ވިދާޅުވި ރައީސް ޑރ. މުޢިއްޒު އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސް އެޅުމުގެ އިލޮށިފަތި ހިއްފައިގެން ނުކުމެވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް ޑރ. މުއިއްޒަށް އެމްޑީޕީ މެމްބަރުން ފަހަތަށް ނުޖެއްސޭނެ ކަމަށާއި ބިރުން ފަހަތަށް ޖެހޭނެ މީހަކުވެސް ނެތް ކަމަށް މޫކޭ ވިދާޅުވެފައިވެއެވެ.
"ސިޔާސީ ދަޢުވާ އުފުލުނު އެންމެންގެ ދަޢުވާތައް އަނބުރާ ގެންދިއުމަށް ގޮވާލަން." މޫކޭ ވިދާޅުވެފައިވެއެވެ.
މޫކޭ މިހެން ވިދާޅުވެފައިވާއިރު، 2024 އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލާގައި 8 މީހަކަށް ޕީޖީ އޮފީހުން ވަނީ ދަޢުވާ އުފުލާފައެވެ.
ކްރިމިނަލް ކޯޓުގައި މި ޝަރީއަތް ފަށަން ތާވަލުކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވާ 8 މީހުންނަކީ، މަޢުރޫފް ޒާކިރު (ކެންދޫ ދާއިރާގެ މެންބަރު)، ފާތިމަތު ޒަހިއްޔާ (މާލޭ ސިޓީ ކައުންސިލް މެންބަރ)، އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަލީ ނައުފަލް، އާއިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒް އަދި ހުސައިން ރަޝީދެވެ.

ސިޔާސީ ދައުވާ ނުކުރަން ބުނި @MMuizzu އަމުރަށް ނުކިޔަމަންތެރިވުމާ ވާޖިބަށް ހުރަސް އެޅުމުގެ އިލޮށިފަތި ހިފައިގެން ނުކުމެއްޖެ.
— Moosa Ali Manik 🇲🇻 (@VMookey) June 14, 2026
މުއިއްޒުއަކަށް އެމްޑީޕީ މެމްބަރުން ފަހަތަކަށް ނުޖެއްސޭނެ. ބިރުން ފަހަތަށް ޖެހޭނެ މީހަކުވެސް ނެތް.
ސިޔާސީ ދަޢުވާ އުފުލުނު… pic.twitter.com/BgxLKeVvg1
މޫކޭ މިހެން ވިދާޅުވެފައިވާއިރު، 2024 އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލާގައި 8 މީހަކަށް ޕީޖީ އޮފީހުން ވަނީ ދަޢުވާ އުފުލާފައެވެ.
ކްރިމިނަލް ކޯޓުގައި މި ޝަރީއަތް ފަށަން ތާވަލުކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވާ 8 މީހުންނަކީ، މަޢުރޫފް ޒާކިރު (ކެންދޫ ދާއިރާގެ މެންބަރު)، ފާތިމަތު ޒަހިއްޔާ (މާލޭ ސިޓީ ކައުންސިލް މެންބަރ)، އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަލީ ނައުފަލް، އާއިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒް އަދި ހުސައިން ރަޝީދެވެ.

CUW
ކިޔުންތެރިންގެ ހިޔާލު