ސަރުކާރުން ފަށާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" (ނޭޝަނަލް ސާވިސް) ޕްރޮގްރާމުގެ ދެވަނަ ބެޗުގެ ބައިވެރިންގެ ތެރެއިން، ފަންނީ ތަމްރީނުތަކަށް ހޮވުނު ޒުވާނުން މިއަދު ބ. ކިހާދޫއަށް ފުރައިފިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ތަމްރީނުތަކުގައި ބައިވެރިވާ ޒުވާނުން ތަމްރީނު ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ ބ. ކިހާދޫގައި ހުންނަ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައި ކަމަށެވެ.
މިފަހަރުގެ ބެޗުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ ޖުމްލަ 77 ޒުވާނުން ބައިވެރިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމަކީ އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ކިހާދޫގައި ކުރިއަށްދާ މި ތަމްރީނުތަކުގެ ތެރެއިން ތަފާތު 6 ފަންނީ ދާއިރާއަކުން އަމަލީ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު މި ޒުވާނުންނަށް ލިބިގެންދާނެއެވެ.
"ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އިސްލާމީ ޢަޤީދާ ވަރުގަދަ، އަދި ރޫޙާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ފެށި މަސައްކަތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ރައްޔިތުންތަކެއް މުޖުތަމަޢަށް ނުކުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މިފަދަ ތަމްރީނުތަކުގެ އެހީގައި ޤައުމަށް ބޭނުންތެރި، އަޚްލާޤީ ގޮތުން ނަމޫނާ، އަދި މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތައް ލިބިފައިވާ ޒުވާނުންތަކެއް ބިނާކުރުމެވެ. މި މަޝްރޫޢުގެ ސަބަބުން ޒުވާނުންގެ މެދުގައި ޤައުމީ ރޫޙު އާލާވެ، ވަޒީފާގެ ބާޒާރަށް ބޭނުންވާ މުހިންމު ހުނަރުތައް ތަރައްޤީވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު