ދުނިޔޭގެ ކްރެޑިޓް ރޭޓިންގ އެޖެންސީއެއް ކަމަށްވާ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މިއަދު މަތިކޮށްފިއެވެ.
ފިޗުން ބުނެފައިވަނީ، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސް ހާލަތާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިޤުތިޞާދީ ހާލަތު ރަނގަޅުވެ، ކުރިއަރައިގެންދާނެ ކަމަށެވެ. މި ކުރިއެރުން އަންނާނެ ކަމަށް ލަފާކުރެވެނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމާއެކު، އާ ރިޒޯޓުތައް ތަރައްޤީ ކުރުމަށް ކުރެވެމުންދާ އިންވެސްޓްމެންޓުތައް އިތުރުވުމާ ގުޅިގެން ކަމަށް ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ އިންފްރާސްޓްރަކްޗަރއަށް ގެނެވޭ ކުރިއެރުންތަކަކީ ރާއްޖޭގެ އިޤުތިޞާދަށް ހެޔޮ ބަދަލުތައް ގެނުވާނެ ކަންތައްތަކެއް ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ ބާޒާރަށް އަންނަ ނުރަނގަޅު ބަދަލުތަކާއި، ދަތުރުފަތުރަށް އަންނަ ލޮޅުންތަކުގެ ސަބަބުން ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ އިޤުތިޞާދަށް ބައެއް ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް ފިޗުން އިންޒާރު ދީފައިވެއެވެ. އެހެންނަމަވެސް، ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން ބޮޑަށް ގުޅިފައި ވަނީ މަތީ ފަންތީގެ ފަތުރުވެރިކަމަށް އަންނަ ކުރިއެރުންތަކާ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
މިކަމާ ގުޅިގެން މާލީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދަށް ސީދާގޮތެއްގައި އަސަރުކުރާފަދަ ބައިނަލްއަޤުވާމީ ގޮންޖެހުންތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި ވެސް، ފިޗުގެ މި އަންދާޒާތަކުން ހާމަވަނީ ރާއްޖޭގެ އިޤުތިޞާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަރުގަދަކަން ކަމަށެވެ. އަދި ދުނިޔޭގެ ހާލަތު ރަނގަޅުވުމާއެކު، އިޤުތިޞާދީ އިންފްރާސްޓްރަކްޗަރާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދަތުރުފަތުރުގެ ނިޒާމަށް ކުރެވިފައިވާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުމަކަށް މަގުފަހިވެފައިވާ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ބައިނަލްއަޤުވާމީ އިޤުތިޞާދަށް އަންނަ ލޮޅުންތަކުން އަރައިގަތުމުގެ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި މެކްރޯ އިކޮނޮމިކް ހަމަޖެހުން ހިފެހެއްޓުމާއެކު، އުފެއްދުންތެރި އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތެކެވެ.
ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ހިމެނޭހެން، ބިލިއަނެއްހާ ޑޮލަރުގެ ދަރަނި މި ސަރުކާރުން ވަނީ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކޮށްފައެވެ. މާލީ ވަޒީރު ކުރިން ވިދާޅުވީ، މި ދަރަނިތައް ދެއްކުނީ ދައުލަތުގެ މާލީ އަދި ހިންގުމުގެ ނިޒާމަށް މި ސަރުކާރުން ގެނައި ހަރުދަނާ އިސްލާހީ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ދައުލަތަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި އަދާނުކުރެވިދާނެކަމުގެ ބިރުވެރިކަމެވެ. ނަމަވެސް، ދެމެހެއްޓެނެވި މިންގަނޑެއްގައި ދަރަނި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ގެނައި މާލީ އިސްލާހުތަކުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ދަރަނީގެ ބޮޑު މިންވަރެއް މިހާރު ވަނީ ކާމިޔާބުކަމާއެކު ދައްކާ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު