ފޯރިގަދަ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވާނެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
ހެނދުނު 8:00 ގައި ފެށި މި ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެ އެވެ.
މި އިންތިހާބުގައި ޖުމްލަ 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލުމަށްޓަކައި ޖުމްލަ 7 ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ. އޭގެ ތެރޭގައި ހިތަދޫ ސްކޫލްގައި ބެހެއްޓި 5 ފޮއްޓާއި، މާލޭގައި ދަރުމަވަންތަ ސްކޫލްގައި ބެހެއްޓި 2 ފޮށި ހިމެނެ އެވެ.
މި ބައި-އިލެކްޝަނުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ، އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އާއި، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް އޮތުމުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު