ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާއިރު ހެނދުނު 9:00 ހާއިރު ވަނދަށް، ވޯޓުލާފައިވާ ނިސްބަތަކީ 6.79 އިންސައްތައެވެ.
ޖުމްލަ 4121 މީހަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ދާއިރާގައި، ވޯޓުލީ ޖުމްލަ މީހުންގެ އަދަދަކީ 280 އެވެ.
އޭގެ ތެރެއިން 125 މީހުންނަކީ އަންހެނުންނެވެ. މީގެ އިތުރުން 155 މީހުންނަކީ ފިރިހެނުންނެވެ. ވޯޓުނުލާ މީހުންގެ ނިސްބަތަކީ 93.21 އިންސައްތައެވެ. (3841 މީހުން) އެވެ.
މި އިންތިހާބުގައި ވާދަ ކުރައްވަނީ، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުރީގެ ކައުންސިލަރު އަހްމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ) އެވެ.
އެ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރިމް ކޯޓުން ހުކުމް ކުރުމުންނެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު