ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދަނީ
ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާއިރު ހެނދުނު 10:00 ހާއިރު ވަނދަށް، ވޯޓުލާފައިވާ ނިސްބަތަކީ 12.86 އިންސައްތައެވެ.

ޖުމްލަ 4121 މީހަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ދާއިރާގައި، ވޯޓުލީ ޖުމްލަ މީހުންގެ އަދަދަކީ 530 އެވެ.

އޭގެ ތެރެއިން 242 މީހުންނަކީ އަންހެނުންނެވެ. މީގެ އިތުރުން 288 މީހުންނަކީ ފިރިހެނުންނެވެ. ވޯޓުނުލާ މީހުންގެ ނިސްބަތަކީ 87.14 އިންސައްތައެވެ. (3591 މީހުން) އެވެ.

މި އިންތިހާބުގައި ވާދަ ކުރައްވަނީ، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުރީގެ ކައުންސިލަރު އަހްމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ) އެވެ.

އެ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރިމް ކޯޓުން ހުކުމް ކުރުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު