ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ ކައިރިއަށް މަހަށް ގޮސް އުޅުނު މީހަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ފަތިހު 05:40 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތާ ގުޅިގެން ކުރިއަށް ގެންދިޔަ ހޯދުމުގެ މަސައްކަތުން، އެމީހާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ.

މޫދު އަޑީގައި އޮއްވައި ފެނުނު އެމީހާ ވަގުތުން ގައްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވީ ނަމަވެސް، އެ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްހާގު ރަޝީދު (44އ) އެވެ. މި ހިތާމަވެރި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު