ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ނުބޭއްވުނީ، އެމަނިކުފާނުގެ މަސައްކަތްޕުޅުތައް ބުރަކޮށް ހުރުމުގެ ސަބަބުން ކަމަށް ސަރުކާރުން ބުނެފިއެވެ.

"ރަސް" އޮންލައިންއަށް މައުލޫމާތު ދެއްވަމުންސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައީސް އޮފީހުގައި މިހާރު ވެސް ވަޑައިގެން އެބަ އުޅުއްވާ ކަމަށެވެ.

" ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތައް ވަރަށް ބޮޑަށް ބުރަކޮށް އުޅުވާތީ ނޫސްވެރިންގެ ބައްދަލުވުން ބޭއްވޭ ގޮތް ނުވީ " މުންދު ވިދާޅުވި އެވެ.

ރައީސްގެ ޕްރެސް މިއަދު ބޭއްވިފައި ނުވާއިރު މިއަދު މާލީ ވަޒީރު މުސާ ޒަމީރު ވަނީ އިސްތިއުފާ ދެއްވާފައެވެ.

މޫސާ ޒަމީޒު އިސްތިއުފާގެ ސިޓީ ރައީސް މުހައްމަދު މުއިއްޒަށް މިއަދު ފޮނުއްވާފައިކަން ޔަގީންވެފައިވާއިރު، އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވެފައި ވަނީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ.



ކިޔުންތެރިންގެ ހިޔާލު