ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި ބޭއްވި އިންތިޚާބު
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި ބޭއްވި އިންތިޚާބު
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި ބޭއްވި އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން ނިންމައި، ހުރިހާ ވޯޓުފޮއްޓެއްވެސް ގަޑިއަށް ބަންދުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި، ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދިޔަ މި ވޯޓުލުމުގައި، މީދޫ އަދި މާލޭގައި ޖުމްލަ ތިން ވޯޓުފޮއްޓެއް ވަނީ ބަހައްޓާފައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 1049 މީހަކަށް ލިބިފައިވާއިރު، އޭގެތެރެއިން 587 މީހަކު ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ ދ. މީދޫގައެވެ. އަދި 462 މީހަކު މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވެއެވެ. މި އިންތިހާބުގައި ޖުމުލަ 890 މީހުން ވޯޓުލާފައިވާއިރު މިއީ ވޯޓާސް ޓާންއައުޓްގެ 84.84 އިންސައްތައެވެ.

މި އިންތިޚާބުގެ އިތުރު ބުރެއް ބާއްވަން ޖެހުނީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ދ. މީދޫ-2 ނަންބަރު ވޯޓު ފޮށިން 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ. އެ ބަދަލާއެކު، ކައުންސިލް ރައީސްކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމުން، ދެން ވާދަކުރާ ފަރާތް ކަނޑައެޅުމަށްޓަކައި އަލުން ވޯޓުލާން ޖެހުނީއެވެ.



ކިޔުންތެރިންގެ ހިޔާލު