މަރުޙޫމް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ޢާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޢުޒިއާގެ މެސެޖު އެ ޢާއިލާއަށް ރައްދުކޮށްދެއްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖު މެދުވެރިކޮށް އެމަނިކުފާނު ވަނީ، ރަސްމީ ވާޖިބު އަދާކުރައްވަނިކޮށް ޢާސިފް އަވަހާރަވުމަކީ ޢާއިލާއަށާއި މުޅި ޤައުމަށް ލިބުނު ފުން ހިތާމައެއްކަން ފާހަގަކުރައްވައިފައެވެ. އަދި ޤައުމީ ޚިދުމަތުގައި ޢާސިފް ދެއްކެވި ސާބިތުކަމާއި އިޚްލާޞްތެރި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، މި ހިތާމައިގެ ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން ޢާއިލާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެރުއްވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވެސް ބައިވެރިވެވަޑައިގެން، ޢާއިލާއަށް ވަނީ ތަޢުޒިޔާ ފޮނުއްވައިފައެވެ.
އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާއި ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައި ވެސް ޢާއިލާއަށް ހަމްދަރުދީ ފޮނުއްވިއެވެ. މަރުޙޫމް ޢާސިފް ޤައުމަށްޓަކައި ވެވަޑައިގަތް ޤުރްބާނީ އާއި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް، ފުލުހުންގެ މުއައްސަސާއިން އަބަދުވެސް އިޙްތިރާމާއި ޝަރަފާއެކު ދަމަހައްޓާނެކަމުގެ ޔަޤީންކަން ކޮމިޝަނަރ ވަނީ ދެއްވައިފައެވެ.

SUI
ކިޔުންތެރިންގެ ހިޔާލު