ކިތަންމެ ދައުވާއެއް ކުރިޔަސް، ހަދާނެ ޑީލެއް ވެސް، ދެއްކޭނެ ބިރެއް ވެސް، ފަހަތަށް ޖެހޭނެ ޖެހުމެއް ވެސް ނޯންނާނެ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު، ފާތިމަތު ޒަހިއްޔާ (ޒާޔާ) މިއަދު ވިދާޅުވެއްޖެއެވެ.
ޒާޔާ މިހެން ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން، ދަޢުވާ އުފުލި 8 މީހެއްގެ މައްޗަށް ހިންގާ ޝަރީއަތް ބުދަ ދުވަހަށް ތާވަލު ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޒާޔާ މިއަދު ވިދާޅުވީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ތުހުމަތުކޮށް ކޯޓަށް ހާޒިރުވާން އޭނާއަށް އަންގާފައި ވަނީ ރައްޔިތުން އޭނާ އިންތިޚާބު ކުރި ޒިންމާ އުފުލަން ޖަލްސާއަށް ދާންއޮތް ގަޑިއަށް ކަމަށެވެ. "މިއީ ރައްޔިތުން މަތިކޮށްފައިއޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅުމެއް ނޫންތޯ؟" ޒާޔާ ސުވާލު އުފައްދަވާފައިވެއެވެ.
ހަމައެއާއެކު ޒާޔާ ވިދާޅުވީ، ނުކުރަންބުނި ހުރިހާ ކަމެއްކޮށް، ކުރަން ބުނި އެއްކަމެއްވެސް ނުވެ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ރައީސް ޑރ. މުއިއްޒަށް ބޯގުދު ނުކުރަށްވާނެ ކަމަށެވެ.
"ކިތަންމެ ދައުވާއެއް ކުރިޔަސް, ހަދާނެ ޑީލެއް ވެސް ދެއްކޭނެ ބިރެއް ވެސް, ފަހަތަށް ޖެހޭނެ ޖެހުމެއް ވެސް ނޯންނާނެ." ޒާޔާ ވިދާޅުވެފައިވެއެވެ.
ޒާޔާ މިހެން ވިދާޅުވެފައިވާއިރު، 2024 އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލާގައި 8 މީހަކަށް ޕީޖީ އޮފީހުން ވަނީ ދަޢުވާ އުފުލާފައެވެ.
ކްރިމިނަލް ކޯޓުގައި މި ޝަރީއަތް ފަށަން ތާވަލުކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވާ 8 މީހުންނަކީ، މަޢުރޫފް ޒާކިރު (ކެންދޫ ދާއިރާގެ މެންބަރު)، އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަލީ ނައުފަލް، އާއިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒް، ފާތިމަތު ޒަހިއްޔާ އަދި ހުސައިން ރަޝީދެވެ.

CUW
ކިޔުންތެރިންގެ ހިޔާލު