އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމު އާ އުސްމިންތަކަކަށް ގެންދިޔުމަށްޓަކައި ހުރިހާ ރައްޔިތުން އެކުއެކީގައި، އާ ޢަޒުމެއްގައި މަސައްކަތް ކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިކަމަށް އިލްތިމާސްކުރެއްވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގައެވެ. ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ހިޖުރީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ފެށުނު އާ އަހަރަކީ ރާއްޖޭގެ އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުޞަތެއް ކަމަށެވެ. އަދި މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ޚިޠާބުގައި ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ މައްޗަށްކަން ހަނދާންކޮށްދެއްވިއެވެ. އަދި ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
"ޤައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެން." ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
ޚިޠާބު ނިންމަވާލައްވަމުން ރައީސް ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި އުޚުތުންނަށް ހެޔޮދުޢާ ކުރުމުގައި ދެމިތިއްބެވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދެއްވާފައެވެ.

CPV
ކިޔުންތެރިންގެ ހިޔާލު